ރައީސް މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Apr 2026 | 10:22
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާއާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ. 

އޭޕްރީލް 1 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ މިއިސްލާހުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިލުއި މިފަދަ ވިޔަފާރިތަކަށް ލިބިގެންދާނެއެވެ. މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތައް ޖަނަވަރީ 1 އިން ފެށިގެން ތަންފީޒު ކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގެނެވިފައިވާ ބަދަލެކެވެ.

މި ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެ އެވެ. ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެ އެވެ.

މީގެ އިތުރުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މިލުއި ގެބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއްހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕަރޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް މިލުއި ތަކުރާރު ނުވާނެ ގޮތަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފަ އެވެ. އަދި މިބަދަލު ގެނައުމުން، މިކަމުގައި ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސާ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރެވެމުންދާނެ އެވެ.

ދެ އަހަރު ތެރޭ ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިޤްތިޞާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.