އަޤްޞާ މިސްކިތް ސަރަހައްދުގައި މުސްލިމުން ނަމާދު ކުރަނީ
ދުނިޔެ
09 Apr 2026 | 09:01
އަގްޞާ މިސްކިތް އަލުން ހުޅުވާލައިފި: އަޑީގައި އޮތީ ޔަހޫދީންގެ ފޮރުވިފައިވާ ނުރައްކާތެރި ރޭވުންތަކެއް؟

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާ 40 ދުވަހަށް ބަންދުކުރުމަށްފަހު، މިއަދު ހުޅުވާލައިފިއެވެ.

ފަލަސްތީނުގެ އިސްލާމިކް ވަޤުފް އިދާރާއިން ކަށަވަރުކޮށްދޭ ގޮތުގައި، އެއްވެސް ޢަދަދެއްގެ ހިފެހެއްޓުމެއް ނެތި މުސްލިމުންނަށް އަޤްޞާ މިއަދު ވަނީ ހުޅުވާލާފައެވެ. ނަމަވެސް، މި ނިންމުމުގެ ފަހަތުގައި ޔަހޫދީންގެ ނުރައްކާތެރި އެޖެންޑާއެއް އޮތްކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އެގޮތުން މި ނިންމުމާއެކު، ޔަހޫދީ "ޓެމްޕަލް ގްރޫޕްތަކުން" ވަނީ އެމީހުންގެ ސަޕޯޓަރުން އަޤްޞާ މިސްކިތަށް ވަދެގަތުމަށް ގޮވާލާފައެވެ. އަދި މިސްކިތަށް ވަދެގަންނަ ވަގުތުތައް އިތުރުކޮށްފައިވާކަން ވެސް އެ ޖަމާޢަތްތަކުން ވަނީ އިޢުލާންކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ފަލަސްޠީނުގެ މަސްދަރުތަކުން ފާހަގަކުރާ ގޮތުގައި، މިސްކިތް އިއްޔެ ހަވީރު ހުޅުވާލުމުގެ ބަދަލުގައި މާދަމާއަށް ލަސްކުރީ، ހަނގުރާމަ ހުއްޓާލުމުގެ އުފަލުގައި މުސްލިމުންނަށް އެކަނި މިސްކިތަށް ވަނުމުގެ ފުރުޞަތު ނުދިނުމަށެވެ. މިއަދު ހުޅުވާލަނީ މުސްލިމުންނާއި ޔަހޫދީ ވަޒަންވެރިންނަށް އެއްފަހަރާ ވަދެވޭ ގޮތަށެވެ.

މިއަދަކީ ޔަހޫދީންގެ "ޕާސްއޯވަރ" ފާހަގަކުރާ ފަހު ދުވަހެވެ. މި ދުވަހާ ދިމާކޮށް މިސްކިތަށް ވަދެގަންނަ ވަގުތުތައް ވަނީ ހެނދުނު 6:30 އިން 11:30 އަށް އަދި މެންދުރުފަހު 1:30 އިން 3:00 އަށް އިތުރުކޮށްފައެވެ. މިއީ 2008 ވަނަ އަހަރު އޮތް 3 ގަޑިއިރުގެ ބަދަލުގައި، ޖުމްލަ 6 ގަޑިއިރާއި ބައިގެ ވަގުތެކެވެ. މީގެ ބޭނުމަކީ އަޤްޞާގެ ވަގުތުތައް މުސްލިމުންނާއި ޔަހޫދީންގެ މެދުގައި އެއްވަރަކަށް ބަހާލުމެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ކުރިން ހެނދުނު 7:00 ގައި ޔަހޫދީން އަޤްޞާއަށް ވަދެގަންނަ ގޮތަށް އޮތް ނަމަވެސް، މިހާރު އެ ވަގުތު 6:30 އަށް އަވަސްކޮށް، އެއީ ދާއިމީ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ މަސައްކަތް ފަށާފައެވެ.

ހަމައެހެންމެ އިސްރާއީލުގެ "ހޯމް ފްރަންޓް ކޮމާންޑުން" މިސްކިތުގެ ކަންކަމުގައި ގޮތް ނިންމަން ފެށުމަކީ، އަޤްޞާގެ ހަމައެކަނި ޝަރުޢީ ބެލެނިވެރިޔާ ކަމުގައިވާ އިސްލާމިކް ވަޤުފްގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތުގެ ބައެއްގެ ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ބުނެއެވެ.

މީގެ އިތުރުން ޔަހޫދީ ހަރުކަށި ގްރޫޕްތަކުން އަޤްޞާ މިސްކިތުގެ އެތެރޭގައި ނުވަތަ އެ ސަރަޙައްދުގައި ޖަނަވާރު ކަތިލައި ޤުރުބާން ކުރުމަށް ކުރާ މަސައްކަތްތައް މާދަމާ އިތުރުވާނެ ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ. 

މި ހުރިހާ ކަމަކީ އަޤްޞާ މިސްކިތުގެ މިހާރުގެ ހާލަތު ބަދަލުކޮށް، ޔަހޫދީންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އެތަން ގެނައުމަށް ހިންގާ ނުރައްކާތެރި ޙަރަކާތްތަކެއް ކަމަށް މުޙައްލިލުން އިންޒާރު ދެއެވެ. އެހެންކަމުން މިއީ ފަލަސްޠީނުގެ ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި އެފަރާތްތަކުން ސިފަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.