ފީއަލީ ފަޅުގައި އޮތް ތެއޮ ބޯޓެއްގައި ރޯވެފައި..
ހަބަރު
09 Apr 2026 | 10:44
ފީއަލީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ކަންކަން ބަލަމުން އެބަދަން: އެންޑީއެމްއޭ

ފ.ފީއަލީ ބަނދަރުގައި އޮތް ތެއޮ ބޯޓެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ކަންކަން ގާތުން ބަލަމުންދާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބަލަމުންގެންދާކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފީއަލީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމަތު އެރަށު ކައުންސިލުން އޮތޯރިޓީއާ ވަނީ ހިއްސާކޮށްފައިވާކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެފް.އާރް.އެސް އިން ދަނީ ހަރަކާތްތެރިވަމުންދާަ ކަމަށްވެސް މައުލޫމާތު ލިބިފައިވާކަމަށެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ އެ ހާދިސާ އާ ގުޅިގެން އެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. 

ފީއަލީގައި މިއަދު އެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 09:15 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަލިފާން ރޯވުމާއެކު އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން ވަނީކޮށްފައެވެ.

މި ހާދިސާގެ މައުލޫމާތު ވޮއިސްއާ ހިއްސާކުރި އެރަށު މީހަކު ބުނީ، މި ހާދިސާ ހިނގި އިރު ބޯޓުގައި ދެމީހުން ތިބިކަމަށެވެ. އެތަނުން އެކަކު ފިހިފައިވާއިރު، ބޯޓުގައި އަލިފާން ރޯވުމާއެކު ދެމީހުންވެސް މޫދަށް ފުންމާލީ ކަމަށް އޭނާ ބުންޏެވެ.

ފުލުހުން ފަހުން ހިއްސާކުރި މައުލޫމާތުގައި ވާގޮތުން މި ހާދިސާގައި ފިހިގެން ހާލުދެރަވި ބިދޭސީމީހާއަށް ވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދޭން ފަށާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ފިހިގެން ސީރިއަސް އަނިޔާތައް ލިބުނު އެކަކު މާލެ ގެނައުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މި ހާދިސާގައި ތެއޮ ބޯޓާ ކައިރީގައި އޮތް ދެ ދޯންޏަކަށާއި ޑިންގީއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް ވަނީ، އަލިފާން ހިފައި ގެއްލުން ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.