ޓްކެސްއަށް މަކަރު ހެދުމުން ޕީކޭ ޖޫރިމަނާކޮށްފި

11 Jul 2019 | 11:57

ޓްކެސްއަށް މަކަރުހަދާ އޮޅުވާލުމުގެ ކުށް ސާބިތުވެ ބާސެލޯނާ އަދި ސްޕެއިންގެ ޑިފެންޑަރ ޖެރާޑް ޕީކޭ ޖޫރިމަނާ ކޮށްފިއެވެ.

މި މައްސަލައިގަ ސްޕެއިންގެ ކަމާބެހޭ އިދާރާއަށް 1.89 މިލިއަން ޕައުންޑް ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ޕީކޭއަށް އަންގާފައިވާއިރު މިކަމާ ގުޅޭގޮތުން މިހާތަނަށް ޕީކޭ އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި ޓެކްސްއަށް މަކަރުހަދާ އޮޅުވާލުމުގެ ކުށް ސާބިތުވެ ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ، އަދި ހޯސޭ މޮރީނިއޯ ފަދަ ފުޓްބޯޅައިގެ ދުނިޔޭގައި މަގުބޫލު ފަރާތްތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ވޯލްޑް ކަޕް އަދި ޔޫރޯ ސްޕެއިންއާއެކު ކާމިޔާބު ކޮށްފައިވާ ޕީކޭއަށް މިމޭރުމުން ފިޔަވަޅު އަޅާފައިވާއިރު ދާދިފަހުން އޭނާގެ އަންހެނުން، މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝަކީރާއާއި ވަނީ އޭނާ ދައްކަންޖެހޭ ޓްކްސްއައި ބެހޭ ގޮތުން ސުވާލު ކޮށްފައެވެ. މީޑިއާތަކުން ބުނާ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ޝަކީރާއައި ސުވާލު ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި 13 މިލިއަން ޕައުންޑް ނުދައްކާ އޮތް މައްސަލައެއްގައެވެ. 

Advertisement

ކޮމެންޓް

Advertisement