ހިންނަވަރު.. ފޮޓޯ: އެމްޓީސީސީ
ހަބަރު
15 Apr 2026 | 16:07
ޅ.ހިންނަވަރު ކައުންސިލް އިދާރާ ތިޖޫރީގެ ޑަބަލް ތަޅުދަނޑި ގެއްލި، ފައިސާ މަދުވުމުގެ މައްސަލަތަކެއް

ޅ.ހިންނަވަރު ކައުންސިލް އިދާރާ ތިޖޫރީގެ ޑަބަލް ތަޅުދަނޑި ގެއްލި، ފައިސާ މަދުވުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ޅ.ހިންނަވަރު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަނީ ކައުންސިލް އިދާރާ ތިޖޫރީގެ ޑަބަލް ތަޅުދަނޑި ގެއްލުނުކަން ފާހަގަކޮށްފައެވެ. އަދި އޮޑިޓް ރިޕޯޓްގައި ވަނީ ތިޖޫރީއާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ތިޖޫރީއަށް ލާންޖެހޭ ފައިސާ ނުލައި ވަތްގަނޑުތަކުގައި ބެހެއްޓުމާއި، ތިޖޫރީ ހަފްތާ ރިޕޯޓް ނުކުރުމާއި، ތިޖޫރީން ފައިސާ މަދުވާ މައްސަލަ ހިމެނެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ ކައުންސިލް އިދާރާގައި ހުރި ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓާފައި ނުވާކަމަށާއި، އެގޮތުން ތިޖޫރީއެއް ހުރިނަމަވެސް، ކައުންސިލް އިދާރާގެ ފައިސާ ބަލައިގަންނަ މުވައްޒަފާއި، ތިޖޫރީއާ ހަވާލުވެ ހުންނެވި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މޭޒު ވަތްގަނޑުގައި ގިނަ އަދަދެއްގެ ފައިސާ ބަހައްޓާފައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ފައިސާ ބަލައިގަންނަ މުވައްޒަފުގެ މޭޒު ވަތްގަނޑުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހު 7،622 ރުފިޔާ ހުރިއިރު، ސެކްރެޓަރީ ޖެނެރަލްގެ މޭޒު ވަތްގަނޑުގައި 84،075 ރުފިޔާ ހުރިކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ ކައުންސިލް އިދާރާ ތިޖޫރީގެ އިތުރު ތަޅުދަނޑި ކޯޑާއެކު ގެއްލުނު ކަމުގެ މައުލޫމާތު މާލީ ޒިންމާދާރު ވެރިޔާ އޮޑިޓަރުންނަށް މައުލުމާތު ދިންނަމަވެސް މި ތަޅުދަނޑި ގެއްލުނުކަން ފުލުހުންނާއި ކައުންސިލް އިދާރާގެ އިސްވެރިންނަށް އަންގާފައި ނުވާކަމަށެވެ.

ކައުންސިލް އިދާރާއަށް ބަލައި ގަންނަ ފައިސާ ގަވާއިދުން ބޭންކު އެކައުންޓަށް ޖަމާކުރަމުން ނުދާއިރު، ފައިސާ ގުނިއިރު ނަގުދުގެ ގޮތުގައި ޖުމްލަ 103،247 ރުފިޔާ ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި ތިޖޫރީގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީވެ، ތިޖޫރީން 279،164 ރުފިޔާ މަދުވާކަމަށް އޮޑިޓް ރިޕޯތްގައި ވަނީ ބުނެފައެވެ. 

އޮޑިޓް ރިޕޯތްގައި ވަނީ ތިޖޫރީގެ ހިސާބުތައް އަދާހަމަކޮށް އެއްވެސް ފައިސާއެއް ފާއިތުވެދިޔަ ތަނުގައި މަދުވެފައި ވޭތޯ ބަލައި ޔަގީންކޮށް ފައިސާ މަދުވާނަމަ، އެކަމުގައި އިހުމާލުވި ފަރާތެއްގެ އަތުން ފައިސާ އަނބުރާ ހޯދުމަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.