ގްލޯބަލް ސުމުދް ފްޮލޮޓިއްލާގެ ބޯޓުތައް
ދުނިޔެ
21 Apr 2026 | 08:05
އިސްރާއިލަށް ހަތިޔާރު އުފައްދާ ސާމާނު އުފުލާ ކާގޯ ބޯޓަކަށް ގްލޯބަލް ސުމޫދު ފްލޮޓިއްލާ އެކްޓިވިސްޓުން ހުރަސްއަޅައިފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ބޭނުންކުރާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ސާމާނު އުފުލާ ކާގޯ ބޯޓެއްގެ ދަތުރަށް "ގްލޯބަލް ސުމޫދު ފްލޮޓިލާ“ގެ އެކްޓިވިސްޓުން އިއްޔެ ހުރަސްއަޅައިފިއެވެ.

މި ހަރަކާތުގައި ބައިވެރިވި އެކްޓިވިސްޓުން ހުރަސްއަޅާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކާގޯ ބޯޓު ކަމަށްވާ "އެމް.އެސް.ސީ މާޔާ"އަށެވެ. އިޓަލީގެ ސިސިލީގެ ހުޅަނގު ދެކުނުން ދަތުރުކުރަމުންދިޔަ މި ބޯޓު މިސްރާބު ޖަހާފައިވަނީ އިޒްރޭލުގެ އަޝްދޫދު އަދި ހައިފާ ބަނދަރަށެވެ.

ޝިޕް ޓްރެކިންގ ވެބްސައިޓްތަކުން ދައްކާގޮތުގައި، މި ބޯޓަކީ ޣައިރު ގާނޫނީ އިސްރާއީލަށް މުދާ އުފުލާ ކަމަށް އަލްޖަޒީރާއިން ކަށަވަރުކޮށްދީފައިވާ މެޑިޓަރޭނިއަން ޝިޕިންގ ކޮމްޕެނީ އިން އޮޕަރޭޓްކުރާ ބޯޓެކެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގެ 70 އަށްވުރެ ގިނަ އުޅަނދުގެ ތެރެއިން 13 އުޅަނދެއް ބޭނުންކޮށްގެން މި ބޯޓުގެ ދަތުރަށް ހުރަސްއަޅާފައިވަނީ، އިޒްރޭލުގެ "ޖެނޮސައިޑް ވޯ މެޝިން" ނުވަތަ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން ހުއްޓުވުމަށެވެ. މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކުދި ރިޔާލަ ދޯނިތަކެއްގައި ތިބި އެކްޓިވިސްޓުން ވަނީ ބިޔަ ކާގޯ ބޯޓު ވަށާލައި، އޭގެ ދަތުރަށް ބުރޫއަރުވާފައެވެ.

މިކަމާ ގުޅޭގޮތުން އެކްޓިވިސްޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނީވާ ކޮންވެންޝަނާއި، ނަސްލު ނައްތާލުން ހުއްޓުވުމާބެހޭ މުއާހަދާގެ ދަށުން، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަކީ ދުނިޔޭގެ ގައުމުތަކަށް މަޖުބޫރު ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ނުކޮށް، އިޒްރޭލުން ހިންގާ ޖަރީމާތަކަށް އެހީތެރިވާއިރު، ހިމޭނުން ނުތިބޭނެ ކަމަށްވެސް އެ ގްރޫޕުން ބުނެފައިވެއެވެ.

މިއީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ގްލޯބަލް ސުމޫދު ފްލޮޓިލާއިން ކުރިއަށްގެންދާ ދެވަނަ މިޝަނެވެ. މިދިޔަ އަހަރު މި ގްރޫޕުން ކުރިއަށްގެންދިޔަ މިޝަންގައި ތިމާވެށީގެ ހަރަކާތްތެރިޔާ ގްރެޓާ ތުންބާގް ފަދަ މަޝްހޫރު ފަރާތްތައް ބައިވެރިވިއިރު، އެ ފަހަރު އިޒްރޭލު ސިފައިން ވަނީ އެމީހުން ހިފަހައްޓައި ޖަލަށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.