ވަޒީރު ޝަހީމް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
22 Apr 2026 | 11:09
އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރު ކުރެވޭނަމަ، ރާއްޖެއަށް އިތުރުވާނެ: ޑރ.ޝަހީމް

ކުރިއަށް އޮތްތަނުގައި އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރު ކުރެވޭނަމަ، ރާއްޖެއަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހްމާން ވަނީ ހައްޖު ކިޔުގައި ގިނަ ބަޔަކު ތިއްބާ، ކުންފުނިތަކަށް ދެވޭ ފުރުސަތުގައި މީހުން ހައްޖަށް ދެވޭތީ އެކަމާ ކަންބަޮޑުވުންފާޅުކުރައްވާފައެވެ.

އެކަމާގުޅިގެން ވަޒީރު ވިދާޅުވީ، ކުންފުނިތަކުން ގުރުނަގައިގެން ހޮވޭ މީހުން ހައްޖަށް ފޮނުވުމަކީ ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން އެގޮތަށް އެކަން ކުރަން ފުރުސަތު ދިނުން ވަރަށް މަދު ކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން މި އަހަރުވެސް އެ ފުރުސަތު ދިނީ މަދު ބަޔަކަށް ކަމަށާ އެގޮތަށް އެކަން ކުރީ ކިޔުގައި ޖެހިގެން ތިބި މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވުއެވެ.

ޝަހީމް ވިދާޅުވިގޮތުގައި، ކިޔުގައި މީހުން ޖެހިގެން ތިއްބާ ކުންފުނިތަކަށް އެފަދަ ފުރުސަތެއް ދިނުމަކީ އިންސާފުވެރި ގޮތް ކަމަށް އޭނާ ގާބޫލެއްނުކުރައްވައެވެ.

އެފަދައިން ފުރުސަތު ދިނުމުގެ ބަދަލުގައި، އެފަރާތްތަކުންވެސް ފައިސާ ދެއްކުމަށްފަހު ކިޔުއަށް އެރުމަށް ޝަހީމް ވަނީ ލަފާދެއްވާފައެވެ. އެގޮތުން، ކުންފުނިތަކުން އެ މުވައްޒަފަކަށް ފައިސާދީގެން މުވައްޒަފު ކިޔުގައި ޖައްސެމަކީ އެދެވޭ ކަމެއް ކަމަށާ، މިހާރުވެސް ވަކި މިންވަރަކަށް ފައިސާ ދެއްކުމުން ކިޔުގައި ޖެހެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތަށް ކިޔުގައި ޖެހިގެން ތިބުމުން، ކުއްލިއަކަށް ކޯޓާ އިތުރުވެއްޖެ ނަމަވެސް، އެބަޔަކަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި، މިވަގުތު އެއްވެސް ގަމަކަށް އިތުރު ކޯޓާ ދިނުން މަޑުޖައްސާލާފައިވަނީ މައްކާއާއި މަދީނާގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ސަބަބުން ކަމަށާ، އެހެން އެއްވެސް ގައުމަކަށް ކޯޓާ އިތުރުކުރެވޭ ޙާލަތެއްގައި ރާއްޖެއަށްވެސް އިތުރު ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”އިއްޒަތްތެރި ރަޢީސް މުޢިއްޒުވެސް އަދި އަޅުގަނޑުގެ ފަރާތުންވެސް ވަރަށް ބޮޑަށް މަސައްކަތްކުރަމުން އެބަދަން ސައުދީ ސަރުކާރާ އެންމެ މަތީ ފެންވަރުގައި އެބަ ވާހަކަދައްކެވޭ މިކަމާ (ކޯޓާ އިތުރުކުރުމާ) ބެހޭގޮތުން. ރާއްޖެއަށް އިރާދަކުރެއްވިއްޔާ ކޯޓާ އިތުރުވެގެންދާނެ އެއްވެސް ގައުމަކަށް ކޯޓާ އިތުރުކުރެވޭ ޙާލަތުގައި. އަދި އޮތީ އެއްވެސް ގައުމަކަށް އިތުރުނުކުރެވޭގޮތަށް“ ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.