އެޗްޑީސީން ޖިމް ތަރައްގީ ކުރަމުންދާ ބައެއް ރަށްތަކުގެ މަސައްކަތް ކުރިއަށް ދަނޫ
ހަބަރު
22 Apr 2026 | 13:20
58 ރަށެއް އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި؛ އިތުރު 13 ރަށެއްގެ ޖިމް އަޕްގްރޭޑް ކުރަނީ

ރާއްޖޭގެ 58 ރަށެއްގައި އަލަށް އައުޓްޑޯ ޖިމް ގާއިމް ކޮށް، 13 ރަށެއްގެ ޖިމް އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ. 

މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ޕްރޮޖެކްޓްތަކުގެ އަދާހަމަ ހާމަކޮށް އެޗްޑީސީން ބުނީ، ޖުމްލަ 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއު އެޗްޑީސީން ކުރިއަށް ގެންދާ ކަމަށެވެ.

އޭގެތެރެއިން، 13 ރަށެެއްގައި މިހާރު އިކުއިޕްމަންޓް ހަރުކުރުމަށް ތައްޔާރުވެފައިވާކަމަށްވެސް ބުންޏެވެ. އެ ރަށްތަަކީ؛ 

ހއ. ހޯރަފުށި،

ށ. މާއުނގޫދޫ،

ށ. ބިލެއްފަހި،

ށ. ގޮއިދޫ.

ރ. ދުވާފަރު

ބ. މާޅޮސް،

ބ. ހިތާދޫ

އދ. ދިގުރަށް،

އދ. މާމިގިލި.

ފ. މަގޫދޫ.

ދ. ކުޑަހުވަދޫ

ތ. ވަންދޫ

ގއ. ވިލިގިލި

މީގެ އިތުރުން، އިތުރު 8 ރަށެއްގައި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެއީ؛

އދ. ހަންޏާމީދޫ،

ބ. ދަރަވަންދޫ،

ހދ. ހަނިމާދޫ،

ހދ. ނައިވާދޫ،

އދ. ކުނބުރުދޫ،

އއ. ފެރިދޫ،

ހދ. ނެއްލައިދޫ

ރ. ރަސްމާދޫ

އެޗްޑީސީން އިތުރަށް ބުނީ، ބާކީ ހުރި ރަށްރަށުގެ ކުރެހުންތައް މިހާރު ފާސްކުރެވިފައިވާ ކަމަށާއި، އެ ރަށްރަށުގައި ވެސް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.