މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، އަލީ އިޙްސާން؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު
23 Apr 2026 | 10:53
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 100,000 އިން 2,933 އަށް މަދުކުރެވިއްޖެ: އިޙްސާން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 2 އަހަރު ތެރޭގައި 100,000 އިން 2,933 އަށް މަދުކުރެވިއްޖެކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޙްސާން މިހެން ވިދާޅުވެފައިވަނީ، މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 206,000 ބިދޭސީންގެ ފިންގަރޕްރިންޓް ނަގާފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަން ފެށިއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 148,417 ބިދޭސީން ތިބި ނަމަވެސް، މިހާރު އެ އަދަދު ވަނީ 2,933 އަށް ދަށްކުރެވިފައެވެ. މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ލިބުނު ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިގޮތުން، އޭރު އަޅުގަނޑުމެން މި މަސައްކަތްތައް ފެށިއިރުގަ ދިވެހިރާއްޖެގަ ވޯކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި، މި ދެ ކެޓަގެރީއިން ކޮންމެސް އެކައްޗެއް ހަމަނުވާ ޖުމްލަ ކޮށް ބުނަންޔާ، ގަވާއިދާއި އެއްގޮތް ވާ ގޮތުގެ މަތިން ނޫން ގޮތައް ރާއްޖޭގައި އުޅެމުންދާކަމަށް އެވަގުތަށް ލިބިފަ ހުރި މައުލޫމާތަކައް ބަލާއިރުގަ 148،417 މީހުން ހިމެނޭ. 

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ދެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަސައްކަތް ފެށިއިރު ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅެމުންދިޔައީ ބިދޭސީންގެ އެންމެ 28.97 އިންސައްތައެވެ. ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތްތަކާއެކު، ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ ނިސްބަތް މިހާރު ވަނީ 62 އިންސައްތައަށް އިތުރުވެފައެވެ.

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި އަންނަ މެއި މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފިޔަވަހީގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މިހާރު ރާއްޖޭގައި ތިބި ގަވާއިދާ ހިލާފު ބިދޭސީން ހޯދައި، ހައްޔަރުކޮށް، އަދި ޑީޕޯޓްކޮށް ނިންމުމެވެ.

މެއި 2 ގެ ފަހުން ވިސާ ނެތި ނުވަތަ ދައްކަންޖެހޭ ފީތައް ނުދައްކާ އުޅެނިކޮށް އަތުލައިގަނެވޭ ބިދޭސީން ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމުގެ އިންޒާރުވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

މޭ 2، 2026 އިން ފެށިގެން ފީ ނުދައްކާ އެއްވެސް ވަރަކަށް އުޅެނިކޮށް އަޅުގަނޑުމެންގެ ލޯ އެންފޯސްމެންޓާ ދިމާވާ ކޮންމެ ބިދޭސީއަކީވެސް އިމީޑިއެޓްލީ ރާއްޖޭއިން ޑީޕޯޓް ކުރެވިގެންދާނެ ފަރާތެއް. ދެންމެ ދެންނެވުނު 62% ގެ އިތުރުން މިތިބި ހުރިހާ އެންމެންނަކީ، މެ ދެންނެވި އެންފޯސްމެންޓަށް ލައިއަބަލް ވާނެ ފަރާތްތައް. 

މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އިލްތިމާސްކުރަމުން މިނިސްޓަރު ވިދާޅުވީ، އެންފޯސްމަންޓް މަސައްކަތްތައް ފެށި، ބިދޭސީއަކު ހައްޔަރުކުރުމަށްފަހު، އެމްޕްލޯޔަރު އެދިގެންވެސް އެމީހަކު ދޫކޮށްލުން ފަސޭހައެއް ނުވާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ އިދާރާތަކުގެ އިދާރީ މައްސަލައަކުން ލިޔެކިޔުން ފުރިހަމަނުވެ އޮތް ބިދޭސީއަކު ޑީޕޯޓް ނުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ވަޒަންވެފައިވާ ބިދޭސީންގެ ފުރިހަމަ މައުލޫމާތު ދެނެގަނެ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.