ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އަލުން އައްޔަނުކުރެއްވި 14 ވަޒީރުންނަށްވެސް ރުހުން ދޭން އެ މައްސަލަ ދިރާސާކުރި ކޮމެޓީން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވާ ބައެއް ވުޒާރާތައް އުވާލައްވައި ބައެއް ވުޒާރާތައް އެއްކުރައްވައި ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފަ އެވެ. އެގޮތުން ބަދަލެއް ނުގެންނެވީ ހަމައެކަނި ބަންޑާރަނާއިބު އަހްމަދު އުޝާމްގެ މަގާމަށެވެ.
އަނެއް 14 ވުޒާރާގެ ނަމަށް ވެސް ވަނީ ބަދަލު ގެންނަވާފަ އެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ވަނީ މަޖިލީހަށް ހުށައަޅުއްވާފަ އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމީޓީން އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު ނިންމެވީ 14 ވަޒީރުންނަށް ވެސް ރުހުން ދޭށެވެ. އެ ނިންމުން ނިންމީ ކޮމެޓީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަކީ:
* މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް, މޫސާ ޒަމީރު
* މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ, ޢަލީ އިޙްސާން
* މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް, ޙަސަން ރަޝީދު
* މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް, އަޙްމަދު ޝިޔާމް
* މިނިސްޓަރ އޮފް ފޮރިން އެފެއާޒް, އިރުތިޝާމް އާދަމް
* މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް, ޑޮކްޓަރ އިސްމާޢީލް ޝަފީޢު
* މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ, ޤީލާ ޢަލީ
* މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް, މުޙައްމަދު ސަޢީދު
* މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް, ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
* މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން, މުޙައްމަދު އަމީން
* މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް, ޢަބްދުﷲ ރާފިޢު
* މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ހީނާ ވަލީދު
* މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
* މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ, ޢަލީ ޝަރީފް
Advertisement
This content is created and paid for by advertisers and does not involve Voice Journalists