ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު
ހަބަރު
28 Apr 2026 | 01:54
އަންހެން ފުލުހުން އިތުރުވުމަކީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް: ފަސްޓްލޭޑީ

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، 2026 އިން 2028 އަށް ޢައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މިއަދަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި އަންހެނުންގެ ދައުރު އިތުރަށް ހަރުދަނާކޮށް، ކުރިމަގުގެ ތަޞައްވުރު ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާ ދުވަހެއްކަމުގައި ވިދާޅުވެފަ އެވެ. އަދި ހަނދާންކުރަންޖެހޭ ޙަޤީޤަތަކީ، މި މަންޒިލަށް އާދެވުނީ، ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކޮށްފައިކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވެ، އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ، މުޖުތަމަޢުގައި އާންމު އިތުބާރާއި އެއްބާރުލުން އިތުރުވެ، ޚާއްޞަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާ ކަމެއްކަން ވެސް އެކަމަނާ ވިދާޅުވި އެވެ.

އިތުރު އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވައި، އެކަނބަލުންނަށް ވަޒީފާގައި ދެމިތިއްބެވޭނެ ފަދަ ޢާއިލީ ޒިންމާތަކާ އެކަށޭނަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމާއި، ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކުގައްޔާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައްޔާއި، ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ގާބިލުކަން އިތުރުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފަ އެވެ.

ރާއްޖޭގެ އެކި ދާއިރާތަކުގައި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައްޔާއި، ޞިއްޙީ ދާއިރާގައި ވަޒީފާއަދާކުރަމުން ގެންދާ ނުވަތަ މަސައްކަތް ކުރަމުން ގެންދަވާ އަންހެނުންގެ އަދަދު ނިސްބަތުން މަތި ނަމަވެސް، ދިވެހި ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރަމުންގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވައި، މިކަމާދޭތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާވަޑައިގެން، ދިވެހި އަންހެން ފުލުހުން އިތުރު ކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިންވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ފަސްޓްލޭޑީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ، ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމުގެ މައިބަދަކަމާއި، ރައްޔިތުންނާ ގާތުން ޚިދުމަތްދެއްވައި، އިޚުލާޞްތެރިކަމާއެކު ޤާނޫނީ ސިޔާދަތު ދެމެހެއްޓެވުމުގައި ފުލުހުން އަދާކުރައްވާ ދައުރަކީ، އަންނަން އޮތް ޖީލުތަކަށް އަމާން އަދި ފާގަތި މުސްތަޤުބަލެއް ފޯރުކޮށްދެއްވުމަށްޓަކައި ކުރައްވާ މަތިވެރި ޤައުމީ ޚިދުމަތެއްކަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 3 ވަނަ ދައުރުގެ ކޮމިޓީ މިރޭ އިފްތިތާޙްކުރެވިގެންދިޔައިރު، ނިމިގެން ދިޔަ ކޮމިޓީގެ 2 ވަނަ ދައުރުގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮމިޓީން ކުރައްވާފައިވާކަން ފާހަގަކުރައްވާ، ކޮމިޓީގެ މެންބަރުންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިންގަވާފައިވާ ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތަކާއި، ރާއްޖޭގެ ހުރިހާ އަތޮޅުތައް ހިމެނޭހެން ހިންގަވާފައިވާ ރީޖަނަލް ސީރީސް ފޯރަމްތަކާއި، ކުށުގެ މާޙައުލަށް ހޭލުންތެރިކުރުވުމުގެ މަޢުލޫމާތު ހިއްސާކުރެއްވުންފަދަ ކަންކަން ހިންގަވާފައިވާކަން ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 3 ވަނަ ދައުރުގެ ކޮމިޓީ އިފްތިތާޙްކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުން، އަދި އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރީން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި