"މެއި ޑޭ" ހިނގާލުމުގެ ތެރެއިން؛ ފޮޓޯ / ވޮއިސް
ހަބަރު
01 May 2026 | 19:09
އިތުރު ގަޑީ ފައިސާ މައްސަލާގައި ޓީޗަރުންގެ ކަންބޮޑުވުން ފާޅުކޮށްފި

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން އިތުރު ގަޑީ ފައިސާ މައްސަލާގައި ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިތުރުގަޑީގެ ފައިސާ އާ ގުޅޭގޮތުން ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އިއްޔެ ބޭއްވި ހިނގާލުމުގައެވެ.

ހިނގާލުމުގައި ޝުއޫރު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ، އިތުރު ގަޑިތަކުގައި މަސައްކަތް ކުރި ނަމަވެސް، ޓީޗަރުން ކުރާ މަސައްކަތައް އެކަށީގެންވާ ގޮތެއްގައި މުސާރަ ނުލިބޭކަން ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ޓީޗަރުންގެ އިތުރުން ބިދޭސީ ޓީޗަރުންނަށް ވެސް މި ކަމުގެ ސަބަބުން އެކެށީގެންވާ މިންވަރަކަށް އާމްދަނީއެއް ލިބެމުން ނުދާކަން ވަނީ ފާހަގަކޮށްފައެވެ.

ހިނގާލުމުގައި ޓީޗަރުން ވަނީ، ސްކޫލްތަކުން އިންތިޒާމުކުރާ އިތުރު ހަރާކާތްތަކުގައި ޓީޗަރުން ބައިވެރިކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އެގޮތުން، އިތުރު ހަރަކާތްތަކުގައި ޓީޗަރުން ބައިވެރި ކުރުވުމުގެ ސަބަބުން އާއިލާތަކަށް ދޭންޖެހޭ ވަގުތު ނުދެވޭ ކަމަށް ވަނީ ބުނެފައެވެ.

ޓީޗަރުން މި ހިނގާލުމުގައިވާހަކަދެއްކި ބައެއް ޓީޗަރުން ބުނީ ހެނދުނު 6:45 އަށް ޓީޗަރުން ސްކޫލަށް ރިޕޯޓް ކުރަން ޖެހޭއިރު، އެ ވަގުތުގައި ކުދިން ބަލަހައްޓާ ތަންތަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެ ބޭފުޅުންގެ ކުދިން ބަލަހައްޓާނެ މީހަކު ގިނަ ފަހަރު ނުހުންނަ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ، ސްކޫލްތަކުގައި ދަރިން ބެލެހެއްޓުމަށް ހާއްސަކޮށް "ޑޭ-ކެއަރ" ފެސިލިޓީތައް ސްކޫލްތަކުގައި ގާއިމުކުރުމަށް އެދި ސަރުކާރަށް ގޮވާލާފައެވެ.

އިތުރު ގަޑިއަށް މުސާރަ ނުލިބުމުގެ ކަންބޮޑުވުން ޓީޗަރުން ދަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފާޅުކުރަމުންނެވެ. ނަމަވެސް، އެއްވެސް ސަރުކާރަކުން މި ކަމަށް ހައްލެއް ހޯދައިދީފައިނުވާކަމަށް ބައެއް ޓީޗަރުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ