ތިއާގޯ އިސްރާއިލް ޖަލުގައި
ދުނިޔެ
07 May 2026 | 07:58
އިސްރާއީލު ޖަލުގައި ހުރި ތިއާގޯގެ ސިޓީއެއް ދަރިފުޅަށް؛ "ފަލަސްޠީނު ހަނދާން ނައްތާނުލާތި!"

އިސްތިއުމާރީ އިސްރާއީލުގެ ޖަލުގައި ބަންދުކޮށްފައި ހުރި ތިއާގޯ އާވީލާ އޭނާގެ ކުޑަ ދަރިފުޅަށް ލިޔުނު އަސަރުގަދަ ސިޓީއެއް އާންމުވެއްޖެއެވެ.

އެ ސިޓީގައި ތިއާގޯ ބުނީ މިވަގުތު ދަރިފުޅު ގާތުގައި ނެތީތީ މަޢާފަށް އެދޭ ކަމަށާއި، ނަމަވެސް ދަރިފުޅުގެ ބައްޕައާއި މަންމައާއި ދުނިޔޭގެ އެތައް ބަޔަކު ވަނީ އެ މީހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އުފުލަންޖެހޭ ކަން ދެނެގެންފައި ކަމަށެވެ.

"މިއަދު މިލިއަނަކަށްވުރެ ގިނަ ކުޑަކުދިން ގެންދަނީ ގަތުލުއާންމެއް ތަހައްމަލުކުރަމުން، ބަނޑަށް މަރުވަމުން، އެނެސްތީޒިއާއާ ނުލައި ގުނަވަންތައް ބުރިކުރެވެމުން. ޒަޔަނިޒަމާއި އިސްތިއުމާރަކީ ކޮބައިކަން ނޭނގޭ ޙާލުގައި އެ ކުދިން އެ ދަނީ އެންމެ ބިރުވެރި ނަފުރަތުގެ ފިކުރުތައް ތަހައްމަލުކުރަމުން" ތިއާގޯ ލިޔެފައިވެއެވެ.

ތިއާގޯ އިތުރަށް ބުނީ ފަލަސްޠީނުގެ ކުޑަކުދިންގެ މައިންބަފައިންވެސް އެ މީހުންގެ ދަރިން މަތިން ހަނދާންވާ ކަމަށާއި، ނަސްލާއި ދީނާއި ނަސަބަށް ބެލުމެއް ނެތި ކޮންމެ އިންސާނަކު ހައްގުވާ ލޯތްބާއި އުފާވެރި ދިރިއުޅުން ހޯދައިދޭން ކޮންމެ ކަމެއްވެސް ކުރާނެ ކަމަށެވެ.

"ދަރިފުޅުގެ ދުނިޔެ އެންމެ ރައްކާތެރިވާނީ އެތައް މައިންބަފައިންނެއް ދަރިންނަށްޓަކައި ރަނގަޅު ދުނިޔެއެއް ބިނާކުރަން ހުރިހާ އެއްޗެއް ޤުރުބާންކުރީތީ. ބައްޕަ ދަރިފުޅު ދެކެ އެހާ ލޯބިވާތީ، ގަތުލުއާންމު ބަލައިގަންނަ ދުނިޔެއެއްގައި ދިރިއުޅުމަށްވުރެ ނުރައްކާތެރި ކަމެއް ދަރިފުޅަށާއި އެހެން ކުދިންނަށް ނެތް" ކަމަށް ތިއާގޯ ލިޔެފައިވެއެވެ.

ސިޓީ ނިންމާލަމުން ތިއާގޯ ވަނީ އޭނާ ހަނދާންކުރާއިރު ދަރިފުޅު ނިންދެވުމަށް ލަވަ ކިޔައިދިން މީހެއްގެ ގޮތުގައި ހަނދާންކުރުމަށް އެދިފައެވެ. އަދި އެ ދަރިފުޅު ބޮޑުވުމުން، އޭނާގެ ބައްޕައަކީ އިންގިލާބީ މީހެއް ކަމަށާއި، މި ޒަމާނުގެ އެންމެ ނުރައްކާތެރި މީހުން ކަމަށްވާ ޑޮނަލްޑް ޓްރަމްޕާއި ބެންޖަމިން ނަތަންޔާހޫ އާއި އިތަމާރު ބެން ގްވީރާ ފަދަ މީހުން ދެކޮޅަށް ތިބިއިރުވެސް އޭނާގެ ބައްޕަ ގަބޫލުކުރާ ކަންކަމުގެ މަތީގައި ސާބިތުވެ ހުރި ކަމަށެވެ.

ސިޓީ ނިންމާލީ "ފަލަސްޠީނު ހަނދާން ނައްތާނުލާން!" ދަރިފުޅަށް ހަނދާންކޮށްދެމުންނެވެ.

ފަލަސްތީނުގެ ކުށެއްނެތް މުސްލިމް އަޚުންނާއި އުޚުތުންނަށް ކުރިމަތިވެފައިވާ ލާއިންސާނީ އިސްތިޢުމާރީ އަނިޔާތަކުން ސަލާމަތްކުރުމަށާއި، ބަނޑުހައިހޫނުކަމުގައި ތިބި ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސް އަޅައި ތިއާގޯ އާވިލާ އާއި ސައިފް އަބޫ ކަޝެކް ހައްޔަރުކުރީ މިދިޔަ މަހު 30 ގައެވެ. 

އެފަހުން އެ ދެމީހުން ޖަލުގައި އަދިވެސް ތިބިއިރު، ތިއާގޯ ޖަލުގައި ހުއްޓާ އޭނާގެ މަންމަ ވެސް ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.