ދައުލަތުގެ ޓެކްސް އިދާރާގެ ކައުންޓަރު... ފޮޓޯ: މީރާ
ހަބަރު
11 May 2026 | 19:37
އޭޕްރިލްމަހު މީރާއަށް އާމްދަނީގެ ގޮތުގައި، 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

ހުސްވި އޭޕްރިލްމަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އާމްދަނީގެ ގޮތުގައި 2.63 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން ނެރެ އާއްމުކޮށްފައިވާ އޭޕްރިލްމަހު އެ އިދާރާއަށް ބަލައިގަތް އާމްދަނީގެ ތަފާސްހިސާބަށް ބަލާއިރު، ހުސްވިމަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު މިއީ މި މުއްދަތުގައި ލިބޭނޭކަމަށް އަންދާޒާކުރި އަދަދަށްވުރެ 16.6 އިންސައްތަ އިތުރުވުމެކެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބޭނޭކަމަށް އުއްމީދު ކުރި އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ އެކިއެކި ދާއިރާތަކަށް ކުރިމަތިވެފައިވާ ހީނަރުކަމެވެ.

މީރާއަށް އޭޕްރިލްމަހު އެންމެގިނައިން އާމްދަނީ ލިބިފައިވަނީ، ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނުއިރު ދެން އެންމެބޮޑު އާމްދަނީއެއް ލިބިފައިވަނީ، ގްރީން ޓެކުހުންނެވެ. މި މުއްދަތުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އުޅެނީ، 185 މިލިއަން ރުފިޔާ ގައެވެ.

މީރާއަށް އެންމެގިނައިން އާމްދަނީ ލިބުނު ދާއިރާތައް:

އޭޕްރިލްމަހު މީރާއަށް ބަލައިގަތް އާމްދަނީ.. މައުލޫމާތު: މޯލްޑިވްސް އިންލަންޑް އޮތޯރިޓީ

ދައުލަތަށް ނުލިބިވާ ޓެކްސް ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން މިދިޔަ މަހުގެ ތެރޭގައި ވަނީ 543 މިލިއަން ރުފިޔާ ލިބިފައެވެ. 

މިދިޔަ މަހު އެމެރިކާ ޑޮލަރުން މީރާއަށް 120.7 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.6 މިލިއަން ޑޮލަރުގެ ދަށް ވުމެކެވެ. އޭޕްރިލްމަހު ބޭރުފައިސާގެ ގޮތުގައި އެންމެގިނައިން އާމްދަނީ ލިބިފައިވަނީ، ޓޫރިޒަމް ޖީއެސްޓީންނާއި، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީންނެވެ. 

މިދިޔަ މަހު ޓޫރިޒަމް ޖީއެސްޓީން 71 މިލިއަން ޑޮލަރު ލިބުނުއިރު، ގްރީން ޓެކުހުން ވަނީ، 12 މިލިއަން ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ވަނީ 9.8 މިލިއަން ޑޮލަރު ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.