ވީއައިއޭ ރަންވޭ... ފޮޓޯ: އެމްއޭސީއެލް
ހަބަރު
13 May 2026 | 16:52
ސިވިލްއޭވިއޭޝަން އޮތޯރިޓީގެ 2024 އަހަރުގެ މާލީ މުއާމަލާތްތަކުގައި މައްސަލައެއްނެތް: އޮޑިޓް

މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ 2024 ވަނަ އަހަރުގެ މާލީ މުއާމަލާތްތައް ހިންގާފައިހުރީ ދައުލަތުގެ މާލިއްޔަތުގެ އުސޫލްތަކާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަނުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައިވަނީ، ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް 2024 ވަނަ އަހަރު ހަރަދުތައް ކުރުމަށް ފާސްކޮށްދިން ބަޖެޓްގެ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިހުރީ ކަނޑައެޅިފައިވާ އުސޫލްގެ ތެރެއިން ކަމަށެވެ. އެގޮތުން ފާސްކުރެވުނު ބަޖެޓާއި، އެބަޖެޓުން ހޭދަކުރެވުނުގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ހުރި ރެކޯޑްތަކުގައި އުނިއިތުރުކަމެއް ހުރިކަމަށް ފާހަގަކުރެވިފައި ނެތްކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް 2024 ވަނަ އަހަރު 48.6 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިންއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ހޭދަވިއެވެ. ކެޕިޓަލް ހަރަދަށް ހޭދަވި 217،361 ރުފިޔާ އާއެކު އެ އަހަރު ޖުމްލަ ހަރަދުގެ ގޮތުގައި ރެކޯދްކުރެވުނު އަދަދަކީ، 27.4 މިލިއަން ރުފިޔާއެވެ. އެއަހަރު ހަރަދުތައް ކަނޑާފައި 21.2 މިލިއަން ރުފިޔާ ބާކީވިއެވެ.

ސިވިލް އޭވިއޭޝަނުެގ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2024 ވަނަ އަހަރު އެއަރކްރާފްޓް ޕައިލެޓް އަދި އެއަރޓްރެފިކް ކޮންޓްރޯލާ ގުޅޭ 791 ލައިސަންސް ވަނީ ދޫކޮށްފައެވެ. އަދި 529 އޯވަރ ފްލައިޓް ޕާމިޓާއި 1721 ލޭންޑިން ޕާމިޓް ވަނީ ދޫކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.