ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް އައްޝައިހް.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
19 May 2026 | 12:44
ސައުދީއާ ދިވެހިރާއްޖެއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް: ޝައިޚް ޑރ. ޢަބްދުﷲ

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާ އާ ދެ ޤައުމުގެ ދެމެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށް ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް އައްޝައިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް، ވަފުދަކާ އެކު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ޝައިޚް ޑރ. ޢަބްދުﷲ ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން ބަދަހިކޮށް، ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ އައު ފުރުސަތުތައް ހުޅުވައިލުން ކަމަށެވެ.

މި ދަތުރުފުޅު ރަމްޒުކޮށްދެނީ ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން" ކަމަށާއި، ދެ ޤައުމުގެ ލީޑާޝިޕުން ތިބީ ދެ ޤައުމުގެ މަސްލަހަތަށް ޓަކައި ގުޅުން ބަދަހިކޮށް މަޝްވަރާ ކުރިއެރުވުމަށް ސާބިތުވެ ކަމަށް ޝައިހް ޑރ.އަބްދުﷲ ވިދާޅުވިއެވެ.

ދެ ޤައުމުގެ ގުޅުމުގެ ބިންގާ އެޅިފައިވަނީ އިސްލާމީ އުޚުއްވަތްތެރިކަމާއި ދެ ޤައުމުގެ ގުޅިގެން ކުރާ މަސައްކަތުގެ ރޫޙުގެ މައްޗަށް

ޝޫރާ ކައުންސިލްގެ ރައީސް ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް އައްޝައިހް

ޕާލަމެންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ޝައިޚް ޑރ. ޢަބްދުﷲ ވިދާޅުވީ އެއީ ދެ ޤައުމުގެ ދެމެދުގައި ދެނެގަތުން ބަދަހިކޮށް، ވިސްނުންތައް ގާތްކޮށް، ރަޙްމަތްތެރިކަމުގެ ކޮމިޓީތަކާއި ޕާލަމެންޓަރީ ގުޅުންތައް ހަރަކާތްތެރިކުރުވައިގެން ގުޅިގެން މަސައްކަތްކުރުމުގެ ދާއިރާތައް ތަރައްޤީ ކުރުމަށް ބާރުވެރި ފާލަމެއް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން ޝޫރާ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ޕާލަމެންޓަރީ ގުޅުމަށް އައު ދިރުމެއް ލިބި، ދެ ޤައުމާއި ދެ ރައްޔިތުންގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާ ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައި، ރާއްޖޭގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝޫރާ ކައުންސިލްގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޑރ. މުޙައްމަދު ބިން ޢަލީ މުބާރަކް، އިންޖިނިއަރ މަހްދީ ބިން ނާސިރް އައްދައުސަރީ، ޑރ. ލުލުވާ ބިންތު ޢަބްދުލްޣައްފާރު ފަދަ، އަދި ޑރ. ދަލާލް ބިންތު މުޙިއްދީން މަނަފާނީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ