މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --
ހަބަރު
22 May 2026 | 00:44
ކައުންސިލު މެންބަރުންގެ މުސާރަ ބޮޑުކުރަން ހުށައަޅައިފި؛ ރައީސަށް 45،000ރ، ނާއިބަށް 35،000ރ

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިިފި އެވެ.

އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވަނިކޮށް ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ހުށައެޅީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.

އެ ހުށައެޅުން ފާހަގަކޮށް މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ވަނީ އެކަން ކަމާގުޅޭ ކޮމެޓީގައި ކުރިއަށް ގެންގޮސް ދެއްވުމަށް އެދިފަ އެވެ. އެގޮތުން ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 45,000ރ އަަށް ބޮޑުކުރުމަށާއި ނާއިބު ރައީސުންގެ މުސާރަ 35,000ރ އަށް ހަމަޖެއްސުމަށް އެދިފައިވެ އެވެ.

އަދި ކައުންސިލް މެންބަރުންގެ މުސާރައަކީ 25,000ރ ކަމަށް ކަނޑައަޅަން އޭނާ އެދިފައިވެ އެވެ.

ކައުންސިލަރުންްގެ މުސާރަ އެ މިންވަރަށް ބޮޑުކުރަން ޖެހޭ ސަބަބުތައްވެސް އޭނާ ފާހަގަކޮށްފައިވެ އެވެ. ސިޓީގައި ވިދާޅުވެފައި ވަނީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ވުރެ ކުޑަ ކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރަ, ކައުންސިލްގެ ބައެއް އިދާރީ މުވައްޒިފުންނަށް ވުރެ ކުޑަ ކަމަށެވެ.

އެހެން ކަމުން މިއީ ނިޒާމާއި ބީރައްޓެހި އިންތިހާބީ އޮފިސަލުންގެ ބާރުވެރިކަމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީތަކުގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 41,000ރ އަށް އަދި ރަށްރަށުގެ ރައީސުންގެ މުސާރަ 21,000ރ ވަނީ ބޮޑުކުރަން ނިންމާފަ އެވެ.

ކޮމެންޓް
ަާަޢ.ޢ.
ގޭގައި ދަރިންބަލަން އަދި ފިރިންނާއި އުމުރުން ދޮށީ މައިންބަފައިން ބެލުމުގެ ޚިދުމަތުގައި ވަޒީފާއަށް ނުގޮސް ތިބޭ މީހުންނަށް 25000ރ އަށްވުރެ ކުޑަނޫން އެލަވަންސެއް ހަމަޖައްސަން ވ.ފެނޭ.....
22 May 2026
މޫސާރަޝީދު
ކައުންސިލަރ އަކަށް ދޭންވީ ކޮންމެ މަހަކު. 3 މިިލިޔަންރުފިޔާ
22 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ