ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލޭ ޖަލުގެ އާ ޔުނިޓް..
ހަބަރު
24 May 2026 | 17:36
ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ގާއިމްކުރި މި ޔުނިޓް ނިންމައި އެތަނަށް 16 ގައިދީއަކު ވަނީ ބަދަލުކޮށްފައެވެ. ކަރެކްޝަނަލް ސާވިސް އިން ވަނީ އެތަން ނޫސްވެރިންނަށް ދައްކާލައި، އެތަނުގައި ހުރި ވަސީލަތްތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ. މި ޔުނިޓް ގާއިމްކޮށްފައިވަނީ ކަރެކްޝަނަލް ސާވިސްއިން ބިނާކުރާ ދެ ބުރި އިމާރާތުގައެވެ. މި އިމާރާތުގައި ފަސް ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާއިރު، މިތަނުގައި ޖުމްލަ 140 ގައިދީންނަށް ތިބެވޭނެއެވެ.

ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލޭ ޖަލުގެ އާ ޔުނިޓްގެ ކެއުމަށް ބޭނުންކުރާ ބައި..

އަލަށް ނިންމި ޔުނިޓް ނޫސްވެރިންނަށް ދައްކާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މިއީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ތައްޔާރުކުރެވުނު ޖަލެއް ކަމަށެވެ. މި މަސައްކަތުގެ ގުރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވޭވަރު ވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެތަންތަން ނިމިގެން ދިއުމުން ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ގައިދީން މާލެ ގެނެސް ހެދުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެން ދާނޭކަންވެސް ކަރެކްޝަނަލް ސާވިސްއިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ