އިސްރާއިލުގެ ބޮމުގެ ހަމަލާއަކަށްފަހު- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
25 May 2026 | 09:43
އިސްރާއީލުގެ ހަމަލާއެއްގައި ފަލަސްތީނުގެ ތުއްތު ކުއްޖަކާއި އެކުއްޖާގެ މައިންބަފައިން ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕުގެ އެޕާޓްމަންޓަކަށް އާދީއްތަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، އެންމެ ހަ މަހުގެ ތުއްތު ކުއްޖަކާއި އެކުއްޖާގެ މައިންބަފައިން ޝަހީދުވެއްޖެ ކަމަށް ސިއްހީ އޮފިޝަލުން ހާމަކޮށްފިއެވެ.

މި ހަމަލާގައި ޝަހީދުވެފައިވަނީ މުޙައްމަދު އަބޫ މަައްލޫހް އާއި، އޭނާގެ އަނބިމީހާ އަލާ ޒަގްލާންގެ އިތުރުން، އެމީހުންގެ ހަ މަހުގެ ދަރިފުޅު އުސާމާއެވެ. މީގެ އިތުރުން، އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ހުންނަ އދ. ގެ ކްލިނިކެއްގެ ކައިރިން އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ފިރިހެނަކު ވެސް ވަނީ ޝަހީދުވެފައެވެ.

ޝަހީދުވި އާއިލާގެ ހަށިތައް ދައިރު އަލް-ބަލާހްގައި ހުންނަ އަލް-އަޤްޞާ މާރޓީރސް ހޮސްޕިޓަލަށް ގެންދިއުމުން، އެމީހުންގެ އާއިލާގެ މެންބަރުން ވަނީ ފަހުގެ ވަދާއީ ސަލާމް ކުރުމަށް އެތަނަށް އެއްވެފައެވެ. ރޮމުން އިނދެ ޝަހީދުވި ތުއްތު ކުއްޖާގެ މާމަ، އުންމު ހަމްޒާ އަބޫ މަައްލޫހް ބުނީ، އޭނާގެ ދަރިފުޅާއި ޅީދަރިފުޅު އަދި ކާފަ ދަރިފުޅު ނިދާފައި ތިއްބާ އެނދަށް ރޮކެޓް އެރުމުގެ ސަބަބުން އެ ތިން މީހުން ވަކިވެދިޔައީ ދެމަފިރިންގެ އިތުރު ހަ އަންހެން ކުދިން ދުނިޔޭގައި ތިއްބާ ކަމަށެވެ.

ޝަހީދުވި މުޙައްމަދުގެ ބޭބެ ޔަޙްޔާ އަބޫ މަައްލޫހް ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، އެއްވެސް އިންޒާރަކާ ނުލައި ދިން މި ހަމަލާގެ ސަބަބުން މުޅި އާއިލާ އަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ ބޭނުމަކީ އަމާންކަން ގާއިމުކުރުން ކަމަށްވީ ނަމަވެސް، އިސްރާއީލުން ކުއްލި ހަމަލާތަކެއް ދެމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން އޮކްޓޯބަރު މަހު އެކުލަވާލި ޤަތުލްއާއްމު ހުއްޓާލުމުގެ އެއްބަސްވުމާއެކު ވެސް، އިސްރާއީލުގެ ހަމަލާތައް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. މި އެއްބަސްވުމުގެ ދަށުން ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޤަތުލުޢާއްމު ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުގެ ހަމަލާތަކުގައި 880 އެއްހާ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.