މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
31 May 2026 | 10:32
މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރު ބާއްވަނީ

މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް މިއަދު މެންދުރު އިތުރު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މި ޖަލްސާ ބާއްވަން ނިންމާފައިވަނީ މެންދުރު އެކެއް ޖަހާއިރު އެވެ.

މަޖިލީހުގެ ދައުރު މިއަދާ ހަމައަށް ދަންމާލުމަށްފަހު، މިއަދު 9:00 ގައި ތާވަލް ކޮށްފައި އޮތީ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއެވެ.

ނަމަވެސް އެ ޖަލްސާ ތާވަލްކޮށްފައިވަނިކޮށް ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެހެންކަމުން މައްސަލަ ކުރިއަށް ނުގެންދަވާނެކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް ވަނީ މެންދުރު އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރައްވާފައެވެ. 

ޖަލްސާގައި ކުރައްވާ މަސައްކަތް އިއުލާން ނުކުރެއްވި ނަމަވެސް، ބެލެވޭ ގޮތުގައި މިއީ އައު ނާއިބަކު އައްޔަނު ކުރެއްވުމަށް ބާއްވާ ޖަލްސާއެކެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް އޭނާ ނިސްބަތްވާ ކޮންގްރެސް ޕާޓީން ހުށަހަޅާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ޕާޓީން ވަނީ ވަނީ ނާޒިމް މަގާމުން ވަކިކުރުމަށް 72 މެމްބަރުންގެ ސޮއި ހޯދާފަ އެވެ.

ނާޒިމްގެ މައްޗަށް ދެ ތުހުމަތެއް ކުރެއެވެ. އެއީ ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތެވެ.

މަގާމުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. 

އެގޮތުން ވިދާޅުވީ، އޭނާ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގައި ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް އެ ޤަރާރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. 

އަދި މިހާތަނަށްވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުންވިއަސް ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެމްބަރަކު ނުވަތަ އެހެންވެސް ފަރާތަކުން ޤާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ޤަވާއިދާ ޚިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާ ކަމަށެވެ. އެހެންކަމުން، މިހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އިސްތިއުފާ ދެއްވަނީ ތުހުމަތުތައް ތެދުކަމަށްވާތީ ނޫން ކަމަށެވެ. އެހެނެއްކަމަކު، އިންތިހާބީ މަގާމަށް ވޯޓުލީ ގިނަ މެމްބަރުންތަކެއް އޭނާ ވަކިކުރަން ހުށަހެޅުމުން އިސްތިއުފާ ދެއްވުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން އެންމެ ތަހުޒީބީ ގޮތް ކަމަށް ވާތީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ