ސަލީމް އާއި ޒިޔާދު-
ހަބަރު
01 Jun 2026 | 09:16
ޕީއެންސީގެ ފަރާތުން މަޖިލީހުގެ ނައިބު ކަމަށް ހުށަހެޅީ ސަލީމްގެ ނަން؛ އެމްޑީޕީން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޒިޔާދު (ފިއްޓެ)ގެ ނަން ހުށަހަޅައިފިއެވެ.

މަޖިލީހުގެ ނާއިބް ރައީސްގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ މައްސަލައެއް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީން ހުށަހަޅައި މައްސަލަ ކުރިއަށް ގެންދަން ތައްޔާރުވެފައިވަނިކޮށެވެ. 

އެއާއެކު މިއަދު މަޖިލިސް ނާއިބު ރައީސް އަކު ހޮވުމުގެ މަސައްކަތް ފަށާފައިވާއިރު، މަޖިލީހުގެ މިހާރު ކުރިއަށްދާ ޖަލްސާގައި ސަލީމް މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ގެންނަން ހުށަހެޅީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހްއެވެ.

ޕީއެންސީގެ ފަރާތުން ސަލީމް ނޫން އެހެން ބޭފުޅެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ. 

އެ މަގާމަށް ފިއްޓެ ގެންނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މަޖިލީހުގެ ނާއިބު ރައީސް އަކު ހޮވަނީ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ. އެހެންކަމުން، މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ވޯޓު ގުނުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހޮވުމުގެ މަސައްކަތެވެ. އެކޮމިޓީގައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއެއްގެ މެންބަރުން ހިމެނަން އިސްކަންދޭންޖެހެއެވެ. 

ވޯޓު ގުނާ ކޮމިޓީ ހޮވުމަށް ނަން ހުށަހެޅުއްވީ ފަލާހް އެކަންޏެވެ. ކޮމިޓީއަށް އޭނާ ހުށަހެޅުއްްވި މެންބަރުންނަކީ؛ 

1) މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް (ޕީއެންސީ)

2) ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު (ޕީއެންސީ)

3) ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް (ޕީއެންސީ)

4) ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް (އެމްޑީޕީ)

5) ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން (އަމިއްލަ)

ވޯޓު ގުނުމަށް އެ ފަސް މެންބަރުންގެ ކޮމިޓީ ހޮވުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ