ގޮތަބަޔާ- ފޮޓޯ/ އިންޓަނެޓް
ދުނިޔެ
03 Jun 2026 | 15:59
ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ގައުމުން ބޭރަށް ފުރުން މަނާކޮށްފި

2019 ވަނަ އަހަރު ސްރީލަންކާގެ އެކި ސަރަޙައްދުތަކަށް ދިން އީސްޓަރ ސަންޑޭ ހަމަލާތަކާ ގުޅިގެން ކުރިއަށްދާ ތަޙުޤީޤަށް، އެ ޤައުމުގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ގައުމުން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ނެރެފިއެވެ.

މި އަމުރު ނެރުއްވީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ޕަސަން އަމަރަސޭކަރަ އެވެ. މި އަމުރު ނެރުއްވާފައިވަނީ އެތައް ބައެއްގެ ފުރާނަ ގެއްލިގެންދިޔަ މި ނުރައްކާތެރި ބޮމުގެ ހަމަލާތަކުގެ ތަޙުޤީޤު ކުރިއަށްގެންދާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) އިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކުރީގެ ރައީސްގެ އިތުރުން، އަސްކަރިއްޔާގެ ދެ އޮފިސަރަކު ވެސް ޤައުމުން ބޭރަށް ފުރުން ކޯޓުން ވަނީ މަނާކޮށްފައެވެ. އެއީ އާމީ ކާނަލް މުޙައްމަދު އަންސާރާއި، ކުރީގެ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ ޕްރޭމަނަންދަ އުދަލަގަމާ (ސިލްވާ) އެވެ.

މި މައްސަލައިގެ ތަޙުޤީޤާ ގުޅިގެން ސްޓޭޓް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރު، ރިޓަޔަރޑް މޭޖަރ ޖެނެރަލް ސުރޭޝް ސާލީ މިހާރު ވެސް ހުންނެވީ ބަންދުގައެވެ.

2019 ވަނަ އަހަރުގެ އޭޕްރިލް މަހު ދިން މި ހަމަލާތަކަކީ ސްރީލަންކާގެ ތާރީޚުގައި ވެސް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ. މި މައްސަލައިގެ ތަޙުޤީޤުތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.