ސޯބެ.. ފޮޓޯ: ސޯބެ ފޭސްބުކް ޕޭޖް
ހަބަރު
06 Jun 2026 | 19:00
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފި އެވެ.

 މި އިންތިހާބުގައި ސޯބެ އާ ވާދަކުރެއްވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އެވެ. 

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަނުގައި ޖުމްލަ 2،563 މީހުން ވޯޓުލިއެވެ. އޭގެ ތެރެއިން 1،370 މީހުންނަކީ އަންހެނުންނެވެ. އަދި ވޯޓުލީ ފިރިހެނުންގެ އަދަދަކީ، 1،193 އެވެ.

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ ނިންމުން ނިންމީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jun 2026
ކުރީގެ އިލެކްޝަންސް ކޮމިޝަނަރު ރަޝާދު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާ
ރައީސް ވިދާޅުވީ މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ޚާައްޞަކޮށް ފާހަގަކުރެވޭކަމަށެވެ
06 Jun 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރައްވައިފި
މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަނުގައި ޖުމްލަ 2،563 މީހުން ވޯޓުލިއެވެ. އޭގެ ތެރެއިން 1،370 މީހުންނަކީ އަންހެނުންނެވެ. އަދި ވޯޓުލީ ފިރިހެނުންގެ އަދަދަކީ، 1،193 އެވެ
06 Jun 2026
އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ފުލުހުންގެ އިދާރާއިން ބުނީ މި މައްސަލައިގެ ތުހުމަތު ކުރެވެނީ ފުލުހަކަށް ކަމަށް
06 Jun 2026
އިނގުރައިދޫއަށް ނިސްބަތްވާ ދެބެން، އެ ރަށު 17 ކުއްޖަކަށް ހިންގި ޑައިވް ކޯސް ނިންމާލައިފި
ކޯސް ހިންގި ދެ އިންސްޓްރަކްޓަރުންގެ ތެރެއިން ސާމިރަކީ މި ދާއިރާގައި 23 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. އާދިލްވެސް ވަނީ 12 އަހަރު ޑައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ
06 Jun 2026
ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ
މިރޭ 12 އިން ފެށިގެން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ބަންދުކުރުމަށް ނިންމާފައި
06 Jun 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން؛ 32.6 އިންސައްތަ މީހުން ވޯޓު ލައިފި
ވޯޓުލެވޭ މީހުންގެ 32.6 އިންސައްތަ ވޯޓު ލާފައިވާއިރު، ވޯޓު ނުލާ މީހުންގެ ނިސްބަތަކީ، 67.3 އިންސައްތައެވެ. މިއަދުގެ ވޯޓުލުން 8 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ
06 Jun 2026
ވަރލްޑްކަޕްގައި ވާދަކުރާ އީރާނުގެ ކުޅުންތެރިންނަށް އެމެރިކާއިން ވިސާ ދީފި
އީރާން ޓީމްގެ ކުޅުންތެރިންނަށް ވިސާ ލިބުނު ނަމަވެސް ޓީމުގެ ބައެއް ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް އަދިވެސް ވިސާ ދޫކޮށްފައި ނުވާކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
06 Jun 2026
ސަރަހައްދުގައި ހުރި އަދުއްވުންގެ މަރުކަޒުތަކަށް އީރާނުގެ މިސައިލް ހަމަލާއެއް
އަލްޖަޒީރާއިން ބުނީ އީރާނުގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އަސްކަރީ ރާޑަރުތައް ހިމެނޭކަމަށެވެ. މި ހަމަލާތައް ކާމިޔާބުކަމާއެކު އޭގެ އަމާޒަށް ވާސިލްވިކަމަށްވެސް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ