އިންޑިއާގައި އިމާރާތެއް ވެއްޓި 10 މީހުން މަރުވެއްޖެ

17 Jul 2019 | 16:16

އިންޑިއާގެ މުމްބާއީގައި ހުރި އިމާރާތެއް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. އިއްޔެ ވެއްޓުނު އިމާރާތަކީ ހަތަރު ފަންގިފިލާގެ އިމާރާތެކެވެ. އެ އިމާރާތުގައި 15 އާއިލާއެއް އައީ ދިރިއުޅެމުންނެވެ.

ބީބީސީއިން ބުނީ، މުމްބާއީގެ ދެކުނުގެ ސަރަހައްދެއްގައި ހުރި އެ އިމާރާތް ވެއްޓުނު ސަބަބެއް ނޭނގޭ ކަމަށާއި، އެއީ ވަރަށް ގިނަ ދުވަސްވެފައިވާ އިމާރާތެއް ކަމަށެވެ. އެގޮތުން، އެ އިމާރާތަށް 100 އަހަރު ވެދާނެ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ވެއްޓުނު އިމާރާތުގެ ދަށުވެފައި ގިނަ ބަޔަކު އެބަތިބި ކަމަށާއި އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، އިމާރާތް ވެއްޓިގެން ޒަހަމްވި އަށް މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އަދި އެ އިމާރާތް ވެއްޓުނީ ދާދި ފަހުން ހިންގި ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން، ގިނަ ދުވަސްވެފައިވާ އެ އިމާރާތް އިތުރަށް ބަލިކަށި ވުމާއި ގުޅިގެން ކަމަށްވެސް ބައެއް މީޑިއާތަކުން ހާމަކުރެއެވެ.

އިންޑިއާގައި އިމާރާތް ކުރުމުގެ ގަވައިދާ ޚިލާފަށް، އިމާރާތްތައް އެޅުމުގެ މައްސަލލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން އެކި އިމާރާތްތައް ވެއްޓިގެން އަހަރަކު 2000 މީހުން އެގައުމުގައި މަރުވެއެވެ. 

Advertisement

ކޮމެންޓް