ރައީސް ޑރ. މުޙައްމަދު މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
17 Jun 2026 | 14:05
ގުނަވަން ބަދަލުކުރާ ބިލް އަނބުރާ ފޮނުވާލީ ގައިދީންގެ ގުނަވަން ދެވޭ ގޮތަށް އޮތުމުން: ރައީސް

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ، ގުނަވަން ނުދެވޭ މީހުންގެ ތެރެއިން ބަންދުމީހުންނާއި، ގައިދީން އުނި ކުރުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ބިލް ތަސްދީޤު ނުކުރައްވަން ނިންމަވައި އަނބުރާ މަޖިލީހަށް ފޮނުއްވީ އެ މަހުގެ 31 ވަނަ ދުވަހުއެވެ.

އެގޮތުން ބިލާމެދު ވިސްނެވުމަށްފަހު ބަންޑާރަ ނާއިބުގެ ލަފާއާއެކު ބިލު މަޖިލީހަށް ފޮނުއްވި ސަބަބު ހާމަކުރައްވައި ރައީސް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އެ ސިޓީގައި ރައީސް ވިދާޅުވީ، ބިލުގެ 7 ވަނަ މާއްދާގެ ށ ގައި ގުނަވަން ހަދިޔާ ކުރާ މީހާގެ ޝަރުތުތަކުގެ ތެރޭގައި، "ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުން" އަދި "ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން" އެ ދެ ޝަރުތު އުނިކޮށްފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވިގޮތުގައި ސަރުކާރުން އެ ބިލު ހުށަހެޅިއިރު އެ ދެ ޝަރުތު ވާނީ ހިމަނާފައެވެ. އަދި އެ ޝަރުތު ހިމެނުއްވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، ފުރިހަމަ މިނިވަން ރުހުމެއްގެ ދަށުން ގުނަވަން ހަދިޔާކުރެވިދާނެ ބައެއް ކަމަށް ގަބޫލުނުކުރެއްވޭތީ އެވެ. ނަމަވެސް، މަޖިލީހުން ބިލު ފާސްކުރިއިރު އެ ދެ ޝަރުތު ވަނީ އުނިކޮށްފައެވެ. 

ރައީސްގެ ސިޓީގައި އިތުރަށް ވިދާޅުވީ، ”ބަންދެއްގައި ތިބޭ މީހުންނަކީ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ހަނިވެ، ވަކި ޚާއްސަ ޙާލަތެއްގައި ތިބޭ ބަޔަކަށް ވާއިރު، އެމީހުންނަކީ ފުރިހަމަ ރުހުމާއެކު، އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބަޔަކަށް ބެލެވިދާނެ ކަމަށް ނުފެންނަ“ ކަމަށެވެ.

އަދި އެއްވެސް މަޖުބޫރުކަމެއް ނެތި ރުހުމުގައި ގުނަވަން ހަދިޔާކުރުން ކަށަވަރުކުރުމަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައިވެސް ބަލައިގަންނަ ބައިނަލްއަގުވާމީ މިންގަނޑެއްކަމަށާ، ބަންދުގައި ތިބޭ މީހުން ގުނަވަން ހަދިޔާ ކުރެވޭ ގައުމުތަކުގައިވެސް އެކަން ކުރަނީ ވަރަށް ގިނަ ކަންކަން ފުރިހަމަވޭތޯ ބަލައި ކަށަވަރުކުރުމަށްފަހުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކަންމިހެން ހުރުމުން، ބަންދުގައި ތިބޭ މީހުން ގުނަވަން ހަދިޔާ ކުރުމާގުޅޭ އިތުރު ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެއް ނެތް ގޮތަށް އެމީހުންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މާއްދާގެ އިތުރުންވެސް އިތުރު ދެ މާއްދާއަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާނެ ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގައިވަނީ، ބިލު އަލުން ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިލުމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައެވެ. ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު ޢަލީ މޫސާ ތާއީދުކުރެއްވި އެ ހުށަހެޅުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި