މަންމަ އާއި ބައްޕައަކު ކުއްޖަކަށް ފިލާވަޅުތައް ހެދުމަށް އެހީތެރިވަނީ.. ފޮޓޯ: އޭއައި
ލައިފްސްޓައިލް
27 Jun 2026 | 10:53
ކުދިން އިމްތިޙާނަށް ތައްޔާރުވުމުގައި ބެލެނިވެރިންގެ ދައުރު

އިމްތިޙާނު ދުވަސްވަރަކީ ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ. ބައެއް ކުދިންނަކީ ނުތަނަވަސްވާ ކުދިންނެވެ. އަނެއްބައި ކުދިން ވަރުބަލިކަން އިހުސާސްކުރާއިރު، އިމްތިހާނަށް ތައްޔާރުވާނެ ރަނގަޅު ގޮތް ނޭނގޭ ކުދިންވެސް އުޅެއެވެ. މިފަދަ ދަނޑިވަޅެއްގައި ބެލެނިވެރިންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ. ކުއްޖަކަށް ހަމައެކަނި ބޭނުންވަނީ ފޮތްތަކާއި ފިލާވަޅުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އެކުދިންނަށް ބޭނުންވަނީ ބެލެނިވެރިންގެ ލޯތްބާއި އަޅާލުމާއި، އެހީތެރިކަމާއި، މަގުދެއްކުމުގެ އިތުރުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކޮށްދިނުމެވެ.

ކިޔެވުމަށް އެކަށީގެންވާ މާޙައުލެއް ގާއިމުކޮށްދިނުން

ގޭތެރެ ހަމަހިމޭން އަދި ކިޔެވުމަށް ފަހި މާޙައުލަކަށް ވުމަކީ ކުދިންނަށް ފިލާވަޅުތައް ދަސްކުރުމަށް ފަސޭހަވެގެން ދާނެކަމެކެވެ. އެހެންކަމުން ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ކިޔެވުމަށް ފަހި މާޙައުލެއް ކުދިންނަށް ހޯދައިދިނުމެވެ. މި ތަނަކީ އެކަށީގެންވާ އަލިކަން ހުރި، އަޑުމަޑު ހަމަހިމޭން މާޙައުލަކަށް ވުމަކީ ވަރަށް މުހިންމުކަމެކެވެ. މިކަމުގެ ސަބަބުން ކުއްޖާއަށް ފިލާވަޅުތައް ފަސޭހައިން ފަހުމްވުމަށް މަގުފަހިވެގެންދެއެވެ.

ތަރުތީބު ކުރެވިފައިވާ ތާވަލެއް އެކުލަވައިލުން

އިމްތިޙާނާއި ކައިރިކޮށް ހުރިހާ ފިލާވަޅެއް އެއްފަހަރާ ދަސްކުރަން އުޅުމުން ކުދިންގެ ސިކުޑިއަށް ބުރަ ބޮޑުވެގެންދެއެވެ. އެހެންކަމުން، ބެލެނިވެރިންނަށް އެހީތެރިވެދެވޭނެ އެންމެ ރަނގަޅު ގޮތަކީ ކުދިންނާއިއެކު، ކުދިންނަށް ކިޔެވުމަށް ފަސޭހަ ތާވަލެއް ހެދުމުގައި އެހީތެރިވެދިނުމެވެ. ފިލާވަޅުތައް ކުދި ބައިތަކަށް ބަހާލައިގެން، ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރަކަށް މުޠާލިއާކުރުމަށް ބާރުއެޅިދާނެއެވެ. މިފަދަ ރޭވުންތެރި އުޞޫލަކުން ކަންކަން ކުރުމުން، އިމްތިޙާނަށް ތައްޔާރުވުމަކީ ބުރަ ކަމަކަށް ނުވެ، ކުދިންނަށް ފަސޭހައިން ކުރެވޭނެ ކަމަކަށް ވެގެންދެއެވެ.

ފިލާވަޅު ދަސްކުރުމުގައި ހުސް ވަގުތު ދިނުން

ގިނަ ވަގުތުތަކެއް ވަންދެން ކިޔެވުމަކީ ކުއްޖާގެ ސިކުނޑި ވަރުބަލިކުރުވާނެ ކަމެއް ކަމުން ކިޔެވުމުގެ ތެރެއިން ހުސްވަގުތު ދިނުމަކީ ސިކުނޑި ތާޒާކޮށްލުމަށް ކުދިންނަށް ލިބޭނެ ފުރުޞަތެކެވެ. ކިޔެވުމުގެ ދޭތެރެއިން ހުސް ވަގުތު ކޮޅަކަށް ހިނގާލުން ނުވަތަ ފެންބޯލުން ނުވަތަ ކުޑަ ވަގުތު ކޮޅަކަށް އަރާމުކޮށްލުމަށް ބާރުއެޅުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ކުދިންގެ ކިޔެވުމުގައި ސަމާލުކަން ދެމެހެއްޓި ފިލާވަޅުތައް ފަހުމު ވުމަށް ފަސޭހަވެގެންދާނެއެވެ.

ސިއްހަތަށް ފައިދާހުރި ކާނާ އާއި ނިދި ހަމަކުރުން

އާއިލާއެއް ފޮޓޯ: އޭއައި

އިމްތިޙާނު ދުވަސްވަރު ކުދިންނަށް ސިއްޙަތަށް ފައިދާ ހުރި ކާނާއާއި އެކަށީގެންވާ ވަރަށް ފެން އަދި ނިދި ބޭނުންވެއެވެ. މާ ލަސްވަންދެން ރޭގަނޑު ހޭލާ ހުރުމަކީ ކުއްޖާ ވަރުބަލިކޮށް، ހަނދާން ބަލިކުރުވާ ކަމެކެވެ. ބެލެނިވެރިން ކުދިންނަށް އަވަހަށް ނިދުމަށާއި، ހަށިގަނޑަށް ހަކަތަ ލިބޭ ފައިދާހުރި ކާނާ ބޭނުންކުރުމަށް ހިތްވަރު ދޭންވާނެއެވެ.

އޯގާތެރި އަދި ހިތްވަރުދޭ ބަސްތައް ބުނުން

ބެލެނިވެރިން ބޭނުންކުރާ ބަސްމަގަކީ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ސީދާ ގޮތުން އަސަރުކުރުވާ ކަންކަމެކެވެ. "ދަރިފުޅަށް ތިކަން ކުރެވޭނެ"، "ދަރިފުޅު ކުރާ މަސައްކަތާމެދު މަންމަ/ބައްޕަ ފަޚުރުވެރިވަން" ފަދަ ހިތްވަރުދޭ ބަސްތަކުން ކުއްޖާގެ ހިތްވަރު އާވެގެންދެއެވެ. އެހެންކަމުން ބެލެނިވެރިން ކުދިންނަށް ހަޅޭއްލެވުމާއި، ކުށްވެރިކުރުމާއި، ނުވަތަ އެހެން ކުދިންނާ އަޅާކިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމުން އެކި ކުދިންނަށް ކަންކަން ޙާޞިލުކުރެވޭ މިންވަރު ތަފާތު ވާނެއެވެ. އެހެންކަމުން މި ކަންކަމަށް ވިސްނައިގެން ކުދިންނާއި ވާހަކަ ދެއްކުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.

މަންމައަކު ކުއްޖަކަށް ފިލާވަޅު ހެދުމުގައި އެހީތެރިވަނީ.. ފޮޓޯ: އޭއައި

އުނދަގޫ ފިލާވަޅުތަކުގައި އެހީތެރިވުން

ބެލެނިވެރިންނާއި ކުދިންނާއި އޮންނަ ގުޅުން ރަނގަޅުކުރުމަށް ވިސްނަންވާނެއެވެ. ބެލެނިވެރިންނާއި އޮންނަ ގުޅުން ރަނގަޅު ނަމަ ކުއްޖާ ޖެހިލުމެއްނެތި ބެލެނިވެރިންނާއި ކަންކަން ޙިއްސާކުރުމަށް ފަސޭހަވެގެންދެއެވެ. އެކުގައި ފިލާވަޅުތައް ބެލުމަކީ ކުދިންނަށް ބެލެނިވެރިޔާވެސް ކިޔެވުމުގެ ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިޙްސާސް ކުރުވާ ކަމެކެވެ. ބައެއް ކުދިންނަކީ ފިލާވަޅެއް ނޭނގޭކަމަށް ބުނަން ލަދުގަންނަ ނުވަތަ ޖެހިލުންވާ ކުދިންނަށް ވެދާނެއެވެ. އެހެންކަމުން އުނދަގޫވަނީ ކޮން މާދާއެއްތޯ ނުވަތަ ކޮން ފިލާވަޅެއްތޯ އަހައި އޮޅުންފިލުވަންވާނެއެވެ. އަދި މުދައްރިސެއްގެ އެހީތެރިކަން ހޯދައިދިނުމަކީ މުހިންމު ކަމެކެވެ. އެހީތެރިވާނެ މީހަކު ހުރިކަން އެނގުމުން ކުއްޖާގެ ހާސްކަން ކުޑަވެގެންދާނެއެވެ.

ސްކްރީން ވަގުތު މަދުކުރުން

އިމްތިޙާނު ދުވަސްވަރު ފޯނު، ޓީވީ، އަދި ގޭމް ކުޅުމަށް ގިނަ ވަގުތު ހޭދަކުރުމަކީ ކުއްޖާގެ ސަމާލުކަން ގެއްލޭނެ ކަމެކެވެ. ބެލެނިވެރިންނަށް މިފަދަ ތަކެތި ބޭނުންކުރުމުގައި ވަކި މިންގަނޑެއް ކަނޑައެޅިދާނެއެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ހުއްޓުވުމުގެ ބަދަލުގައި، ކިޔެވުމާއި، އަރާމުކުރުމާއި، އަދި ކުޑަ ވަގުތުކޮޅަކަށް ސްކްރީން ބޭނުންކުރުން ހިމެނޭ ހެންކަންކަން ތާވަލު ކުރެވިދާނެއެވެ.

ތެދުވެރިކަމާއި ބުރަ މަސައްކަތް ދަސްކޮށްދިނުން

ބެލެނިވެރިން ކުދިންނަށް ދަސްކޮށްދޭންޖެހޭ އަނެއް މުހިންމު ކަމަކީ ތެދުވެރިކަމާއި ދީނީ އަޅުކަންތައްތައް އަދާކުރުމށް ފަރުވާތެރި ވުމާއި އެކު އިމްތިޙާނަށް ތައްޔާރުވުމެވެ. އިމްތިހާނަކީ ހަމައެކަނި މާކްސް ހޯދުން ނޫންކަމާއި އެއީ ޒިންމާދާރުވުމާއި، އަޚުލާގާއި، އަދި ބުރަ މަސައްކަތް ކުރަން ދަސްކޮށްދޭ ކަމެކެވެ. އިޚުލާޞްތެރިކަމާއިއެކު މަސައްކަތްކުރަން ކުދިންނަށް ދަސްވާންޖެހެއެވެ.

ކުދިން އިމްތިޙާނަށް ތައްޔާރުވާއިރު ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުންވެއެވެ. އެހެންކަމުން ބެލެނިވެރިންގެ އެހީތެރިކަމަކީ ކުދިންނަށް އިތުބާރު ލިބިދޭނެ ކަމެކެވެ. ލޯތްބާއި، ހިތްވަރުދޭ ބަސްތަކާއި ސިއްޙީ އާދަތަކަކީ ކުދިން އިމްތިޙާނާއި ކުރިމަތިލާއިރު ނަފްސާނީ ހަމަޖެހުން ލިބިދޭނެ ކަންކަމެވެ. މި ކަންކަމުގެ ސަބަބުން އިމްތިޙާނަކީ ބުރަ އުނދަގޫ ކަމެއް ގެ ބަދަލުގައި އާ ކަންތައްތަކެއް ދަސްވާ ރަނގަޅު ތަޖުރިބާއެއް ކަމަށް ކުދިންނަށް އިޙްސާސް ވެގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.