ވެކްސިން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
06 Jul 2026 | 08:41
އެމްއެންޔޫގައި ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން، ހިމަބިހި (މީސެލްސް) ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ "މީސެލްސް އައުޓްބްރޭކް ރިސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުޙައްމަދު ރަފީޤު ޙަސަނެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މަހްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑޮކްޓަރ އައިޝަތު ޝެނާޒް އާދަމް އާއި، އެޗް.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އިތުރުން ޔުނިވަރސިޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާނު، ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވީ، ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ނަމަވެސް، މިއީ ވެކްސިން ޖެހުމުގެ ސަބަބުން ފަސޭހަކަމާއެކު ރައްކާތެރިވެވިދާނެ ބައްޔެއް ކަމަށެވެ. އަދި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އެމް.އެން.ޔޫ އިން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗާންސެލަރ ޑޮކްޓަރ އައިޝަތު ޝެނާޒް އާދަމް ވިދާޅުވީ، އެމް.އެން.ޔޫ އަކީ އަށްހާހަށްވުރެ ގިނަ ދަރިވަރުންނާއި ހަތްސަތޭކައެއްހާ މުވައްޒަފުން ހިމެނޭ ބޮޑު މުޖުތަމަޢަކަށް ވާއިރު، މި ބޮޑު އާއިލާގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ޔުނިވަރސިޓީގެ ނުހަނު ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މި ވެކްސިން ޕްރޮގްރާމަކީ ކެމްޕަސްތަކުގެ ރައްކާތެރިކަން ވަރުގަދަކޮށް، ބަލި ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

މި ކެމްޕެއިނަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ޔުނިވަރސިޓީގެ ފަރާތުން ވަނީ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.
16 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
16 Sep 2026
ޝޯޓް ކަޓް ދޫކޮށް ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރާނެ ގޮތް
ބަރުދަން ލުއިކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންގެ ފަރާތުން "10 ދުވަހުން 10 ކިލޯ ލުއިކުރެވޭ" ކަމަށް ބުނެ އެކިއެކި އެއްޗެހީގެ ވާހަކަތައް ދައްކާ އަޑު އިވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ކަހަލަ ”ޝޯޓްކަޓް“ ތަކަށް ޝައުގުވެރިވަނީ އެހާ އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ވައުދުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އެ ގޮތް ނޫން ގޮތެއް ޚިޔާރުކުރުން މާ ބުއްދިވެރިވާނެ ކަމެވެ. މިއަދު މި ބަލައިލަނީ ޝޯޓް ކަޓް ދޫކޮށް ރަނގަޅު ކެއުމާއި ކަސްރަތުން ހިކުމުގެ ފައިދާތަކަށެވެ.
16 Sep 2026
މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް އިއުތިރާފުވެއްޖެ
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން