ފޮޓޯ: އެމްއެންޔޫ.
ހަބަރު
27 Jun 2026 | 16:08
އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީން "ފަތުރު ވާހަކަ" ސިލްސިލާ ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން "ފަތުރު ވާހަކަ" ގެ ނަމުގައި ފަތުރުވެރިކަމާ ބެހޭ މަޝްވަރާ ސިލްސިލާއެއް މިއަދު ފަށައިފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ހޮނިހިރު ދުވަހު ޤައުމީ ޔުނިވަރސިޓީގައެވެ. މި ބައްދަލުވުމުގެ ޝިޢާރަކީ "ޓޫރިޒަމް އިން ޓާބިއުލެންސް: ގްލޯބަލް ޝޮކްސް އެންޑް ދަ ފިއުޗާ އޮފް ޓްރެވެލް ޓްރޭޑް އިން ދަ މޯލްޑިވްސް" އެވެ. މި ހަރަކާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑރ. ޢަބްދުﷲ ނިޔާޒެވެ.

މި ހަރަކާތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އެކެޑެމިކް ތަޖުރިބާކާރުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ދާއިރާގެ ތަޖުރިބާކާރުން އިސްވެ ތިއްބަވައި ޕެނެލް ޑިސްކަޝަން ސެޝަންތައް ބާއްވާފައިވެއެވެ.

މަޝްވަރާތައް އެނބުރުނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށެވެ. އެއީ ދަތުރުފަތުރާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ އާއި ކާބޯތަކެތީގެ ދާއިރާއެވެ. މި ސެޝަންތަކުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ހީނަރުކަމާއި އިޤުތިޞާދީ ނުތަނަވަސްކަމާއި ތިމާވެށީގެ ގޮންޖެހުންތަކާއި ދަތުރުފަތުރުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

"ފަތުރު ވާހަކަ" ސިލްސިލާ ބިނާކޮށްފައިވަނީ ކުރިއަށް އޮތް ތާނގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަޝްވަރާ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ސިލްސިލާ ރަމްޒުކޮށްދެނީ ތައުލީމީ ދާއިރާ އާއި ފަތުރުވެރިކަމުގެ ސިނާޢަތާ ދެމެދު ގުޅުން ބަދަހިކޮށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ދޭ އަހައްމިއްޔަތުކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.