އެލައިޑް އާއި ސީއޭ މޯލްޑިވްސްއިން އެއްބަސްވުމުގައި ސޮއި ކުރުން-
ވިޔަފާރި
08 Jul 2026 | 15:22
އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މެންބަރުންނަށް ޚާއްޞަ ފައިދާތައް ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ފަރާތް ގުޅިގެން އެކައުންޓެންސީ ދާއިރާގެ ފަންނީ ތަރައްގީއަށް މަސައްކަތްކުރުމާއި، މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ އިތުރުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލިބޭ މަންފާތައް އިތުރުކުރުމެވެ. މީގެ އިތުރުން، ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، މާލީ ދެފުށް ފެންނަކަން އިތުރުކުރުމާއި، ރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ދިރާސާތައް ގުޅިގެން ކުރުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެލައިޑް އިންޝުއަރެންސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ސީއޭ މޯލްޑިވްސްގެ މެންބަރަކަށް ވުމަށް ބާރުއެޅުމާއި، އެކައުންޓެންސީ ދާއިރާގެ މީހުން ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މި ފަހުމުނާމާގެ ސަބަބުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ގިނަގުނަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އެކައުންޓެންސީ ދާއިރާގެ ލައިސަންސް ހޯދުމަށް ބޭނުންވާ 'ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް' ހާއްސަ އަގުތަކެއްގައި ލިބޭނެ އިންތިޒާމާއި، ލިޔެކިޔުންތައް ހުށަހެޅުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، ސީއޭ މޯލްޑިވްސްގެ މެންބަރުންނާއި ދާއިމީ މުވައްޒަފުންނަށް 'ގްރޫޕް ހެލްތު ތަކާފުލް' އަދި 'ގްރޫޕް ޓާމް ލައިފް ތަކާފުލް' ގެ ހިދުމަތް ވެސް ހާއްސަ އުސޫލެއްގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އިސްނެގުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ދެފުށް ފެންނަ ނިޒާމެއް ބިނާކުރުމަށް އެލައިޑާއި ސީއޭ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ދާއިރާގެ ފަންނީ ފެންވަރު މަތިވެ، މާލީ އިދާރާތަކަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ދެ ފަރާތުން ވެސް ގަބޫލުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.