ފަލަސްތީނުގައި ބޭއްވި އިންތިޚާބެއްގެ ތެރެއިން- ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
10 Jul 2026 | 09:42
20 އަހަރަށްފަހު، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރު 28 ގައި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން ރައީސް މަހްމޫދު އައްބާސް، އިޢުލާނު ކުރައްވައިފިއެވެ.

ރައީސް އައްބާސް ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރެއްގައިވާ ގޮތުން، މި އިންތިޚާބު ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.

ފަލަސްތީނުގައި އެންމެ ފަހުން ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައިވަނީ 2006 ވަނަ އަހަރެވެ. އެ އިންތިޚާބުގައި ހަމާސްއިން ހޯދި ކުއްލި ކާމިޔާބީއާ ގުޅިގެން، އައްބާސްގެ ފަތަހަ ޖަމާއަތާއި ހަމާސްއާ ދެމެދު ސިޔާސީ ބައިބައިވުން އުފެދި، 2007 ވަނަ އަހަރު ގާޒާގެ ފުރިހަމަ ކޮންޓްރޯލް ހަމާސްއިން ނެގިއެވެ.

މި ނިންމެވުމާ ގުޅޭގޮތުން އަލްޖަޒީރާގެ ރާމަالله ރިޕޯޓަރު ނޫރު އޫދާ ބުނީ، މިއީ ފަލަސްތީނުގެ ލީޑަރޝިޕާއި ބޭރުގެ ބާރުގަދަ ގައުމުތަކާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ. ޚާއްސަކޮށް ފަރަންސޭސިވިލާތާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ބޭނުންވަނީ ފަލަސްތީނުގެ ސަރުކާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން، އެ ސަރުކާރަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށެވެ.

ނަމަވެސް، އިންތިޚާބު ބޭއްވުމުގެ ކުރިން ހައްލުކުރަންޖެހޭ ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު އިސްރާއީލުން ދިނުން ހިމެނެއެވެ. 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހުނު އިންތިޚާބުވެސް ކެންސަލްކުރީ އިސްރާއީލުން އެ ފުރުސަތު ނުދިނުމުންނެވެ.

މީގެ އިތުރުން، އިސްރާއީލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އެ ސަރަހައްދުގެ 90 އިންސައްތަ އުމްރާނީ ވަސީލަތްތައް ވަނީ ހަލާކުވެފައެވެ. އަދި ގާޒާގެ 2.1 މިލިއަން ރައްޔިތުން ހާލުގައި ޖެހިފައިވާއިރު، އާބާދީގެ ރަޖިސްޓްރީ އާ ނުކުރެވި އޮތުމަކީވެސް ބޮޑު ގޮންޖެހުމެކެވެ.

ރައީސް އައްބާސް 2005 ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވީ 4 އަހަރުގެ ދައުރަކަށެވެ. ނަމަވެސް، ފާއިތުވި 15 އަހަރު އޭނާ ވެރިކަން ކުރައްވަމުން ގެންދަވަނީ ރިޔާސީ ގަރާރުތަކުގެ ދަށުންނެވެ. މީގެ ސަބަބުން ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާކަމުގެ ތުހުމަތުތައް އޭނާއަށް ވަނީ އަމާޒުވެފައެވެ.

އަންނަ އަހަރުގެ ކުރީކޮޅު ރިޔާސީ އިންތިޚާބު ބާއްވާނެކަން އިއުލާނު ކުރެއްވި ނަމަވެސް، އައްބާސް އަލުން އިންތިޚާބުގައި ވާދަކުރައްވާނެކަން އަދި ކަށަވަރެއް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުން ލީޑަރޝިޕަށް ބަދަލެއް ބޭނުންވި ނަމަވެސް، މި އިންތިޚާބު ހަގީގަތުގައި ބޭއްވިދާނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.