Advertisement

ސައުތް އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިންގ މުބާރާތުން ރާއްޖެއަށް ތިން ރަންމެޑަލް ލިބިއްޖެ

20 Jul 2019 | 18:39

ސައުތް އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ބޮޑީބިލްޑިންގް މުބާރާތުން ރާއްޖެއަށް ތިން ރަންމެޑަލް ލިބިއްޖެއެވެ.

ނޭޕާލްގައި ކުރިއަށްދިޔަ 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ރަންމެޑަލް ހާސިލްކުރީ ޖޫނިއާ މެންސް އޯޕަން ބޮޑީބިލްޑިން ކެޓަގަރީއާއި، މެންސް ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ކެޓަގަރީންނެވެ.

ޖޫނިއާ މެންސް އޯޕަން ބޮޑީބިލްޑިން ކެޓަގަރީން ރަންމެޑަލް ހޯދާފައިވަނީ ރާއްޖޭގެ އުއްމީދީ ބޮޑީބިލްޑަރު އަހްމަދު މާހިލް ސައީދު އެވެ. އަދި މެންސް ސްޕޯޓްސް ފިޒީކް ކެޓަގަރީން ރަން މެޑަލް ހޯދާފައިވަނީ ރާއްޖޭގެ އަޒްނީން ރަޝާދާއި، މޫސަ 55 ކޭޖީ ކެޓަގައީންނެވެ.

މީގެ އިތުރުން މެންސް އެތްލެޓީކް ފިޒީކް 167 ސެންޓިމީޓަރު ކެޓަގަރީން ވަނީ ރާއްޖޭގެ ފަތުހުﷲ މުހައްމަދު ބްރޯންޒް މެޑަލް ހޯދާފައެވެ.

މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިއާ، ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ސްރީލަންކާއެވެ.

Advertisement

ކޮމެންޓް