އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވުން.. ފޮޓޯ: އެމްއޭސީއެލް
ވިޔަފާރި
21 Jul 2026 | 21:15
އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ

ޗައިނާގެ ޗަންހާއީގައި ކުރިއަށްދިޔަ "އެއަރ ކާގޯ ޗައިނާ 2026" ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، އެކުންފުނީގެ ހިދުމަތްތައް ދައްކާލައިފިއެވެ.

މި ފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއާލައިންތަކާއި މުދާ އުފުލުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ލޮޖިސްޓިކްސް ސިނާއަތުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އެމްއޭސީއެލުން ބުނީ މި ފެއާގައި ބައިވެރިވެ އެފަދަ ފަރާތްތަކާއެކު މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ކުރިއަށްްގެންގޮސްފައިވާކަމަށެވެ.

މި ބައްދަލުވުންތަކުގައި އޭޝިއާގެ ބާޒާރުތަކާ ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ޖައްސާ ފްރައިޓަރ ދަތުރުތައް ގިނަކުރުމާ ބެހޭ ގޮތުން ވާހަކަތައް ވަނީ ދެކެވިގެން ގޮސްފައެވެ. ހަމައެހެންމެ ޔޫރަޕާއި އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް ވައިގެ މަގުން މުދާ ފޮނުވުމުގެ ވިއުގަ ފުޅާކުރުމާ ގުޅޭ ގޮތުންވެސް މައުލޫމާތު ބަދަލުކުރެވިފައިވެއެވެ. އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓު ތަރައްޤީކުރެވިދާނެ ފުރުސަތުތަކާ ބެހޭ ގޮތުންވެސް ފެއާގައި ހިއްސާކޮށްފައިވެއެވެ.

އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރި ޓީމް.. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެއް ކަމަށެވެ. އެގޮތުން މިއީ އެއަރޕޯޓު އޮތް ޖިއޮގްރަފިކަލް މަގާމާއި، ފުޅާވަމުންދާ އެއަރލައިން ނެޓްވޯކްގެ އިތުރުން ތައާރަފްކުރެވިފައިވާ މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކުގެ ނަތީޖާކަމަށް ފާހަކުރިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވެލާނާ އެއަރޕޯޓުން 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައިވާއިރު މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. ޓްރާންސްޝިޕްމަންޓް ކާގޯއަށް ބަލާނަމަ 7,982 ޓަނު އުފުލައި 15 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައިވެއެވެ. އެމްއޭސީއެލުން ބުނީ ފްރައިޓަރ ދަތުރުތަކުގެ ކުރިއެރުން އެއަށްވުރެ މާ ބޮޑު ކަމަށާއި އެގޮތުން 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލައި 174 އިންސައްތައިގެ ކުރިއެރުމެއް ހާސިލުކޮށްފައިވެއެވެ. މީގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހުގެ އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް އެއަރޕޯޓުގެ ތާރީޚީ ރެކޯޑެއް ގާއިމްކޮށްފައިވާކަމަށްވެސް އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ހަ މަހުގެ ޓްރާންސްޝިޕްމަންޓް ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ މެދުވެރިކޮށް އެންމެ ގިނައިން މުދާ ފޮނުވި ޤައުމުތަކުގެ ކުރީގައި ސްރީލަންކާ އުޅޭއިރު، ދެވަނައިގައި އޮތީ ޗައިނާއެވެ. ރާއްޖެ ހުރަސްކޮށް އެންމެ ގިނައިން މުދާ ގެންދިޔަކަމަށް ރެކޯޑްތަކުން ދައްކަނީ އެމެރިކާއެވެ. އެ އަދަދު 1,618 ޓަނަށް އަރާއިރު، ވެލާނާ އެއަރޕޯޓުން 2024 ވަނަ އަހަރު ތައާރަފުކުރި "ސީ-ޓޫ-އެއަރ" ޚިދުމަތް މެދުވެރިކޮށް 17 އެއާލައިނަކާ ގުޅިގެން މިހާތަނަށް 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. ކޮލަމްބޯ މުމްބާއީ ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވުން މި ޚިދުމަތުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.