އިސްރާްިލުގެ ހަމަލާގައި ޝަހީދުވި އެއް ކުއްޖެއްގެ ހަށިގަނޑު ހިފައިގެން ކުއްޖާގެ އާއިލާގެ މީހެއް: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
22 Jul 2026 | 08:58
އިޒްރޭލުގެ ރަހުމުކުޑަ ހަމަލާއެއްގައި ގާޒާގެ އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން، އަންގާރަ ދުވަހުގެރޭ ދަންވަރު ޣައްޒާ ސިޓީއަށް ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަ މީހުން ދިރިތިއްބާ އަންދައި ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، ސަބްރާ އަވަށުގައި ހުރި އެ އާއިލާގެ ގޭގެއަށް ދިން މި ހަމަލާގައި ޝަހީދުވެފައިވަނީ ފިރާސް އަލް މަސްރީ އާއި އޭނާގެ އަންހެނުން ސަލްސަބީލްގެ އިތުރުން އެމީހުންގެ ހަތަރު ދަރިންނެވެ. މީގެ ތެރޭގައި ހިމެނެނީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. މި ހަމަލާގައި އެމީހުން ދިރިއުޅެމުންދިޔަ ގޭގައި ވަނީ ބޮޑު އަލިފާންގަނޑެއް ރޯވެފައެވެ.

މި ހަމަލާގެ ދިން ބަހަނާއެއްގެ ގޮތުގައި ނިރުބަވެރި އިޒްރޭލު ސިފައިން ބުނެފައިވަނީ، އެމީހުންގެ އަމާޒަކީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށާއި، ހަމަލާގެ ނަތީޖާ އިތުރަށް ދިރާސާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އާއިލާގެ މެންބަރުން ބުނާ ގޮތުގައި މިއީ އެއްވެސް އިންޒާރެއް ނެތި އާންމުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.

ފިރާސްގެ ބައްޕަ، އަބޫ ޔޫސުފް އަލް މަސްރީ ރޮއެފައި ބުނި ގޮތުގައި، ހަމަލާ ދިން ވަގުތު މުޅި އާއިލާ ތިބީ ނިދާފައެވެ.

"އަލިފާނުގެ ތެރެއިން އަހަރެމެންގެ ދަރިންނާއި ކާފަދަރިން ސަލާމަތެއް ނުކުރެވުނު. އެއްވެސް ރަހުމެއް ނެތި، އިންޒާރެއް ނެތި ފަސް ހަ މީހުން ޝަހީދުކޮށްލައިފި. ގިނައީ ކުޑަކުދިންނާއި އަންހެނުން،" އޭނާ ބުންޏެވެ.

އަދި ޣައްޒާގައި މިހާރު ރައްކާތެރި އެއްވެސް ތަނެއް ނެތްކަން އޭނާ ފާހަގަކުރިއެވެ.

ހަމަލާ ދިން ގެ-

ރޮއިޓާސް އިން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރެސްކިއު މަސައްކަތްތެރިން ދަނީ ގޭގައި ރޯވެފައިވާ އަލިފާން ނިއްވުމަށާއި، ހުދު ފޮތިގަނޑުތަކުގައި އޮޅާފައިވާ ހަށިގަނޑުތައް ނެރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޣައްޒާގެ މެދުތެރޭގައި ދަތުރުކުރި އުޅަނދަކަށާއި، ޣައްޒާ ސިޓީގެ ޖަމިއްޔާއަކަށް ދިން ދެ ހަމަލާއެއްގައި އިތުރު ހަ މީހަކު ވަނީ ޝަހީދުވެފައެވެ. މިއާއެކު އަންގާރަ ދުވަހު އެކަނިވެސް ޝަހީދުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ޤަތުލްޢާއްމު މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ފަހުން ވެސް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,160 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.