މަންމައަކު ދަރިފުޅު އުރާލައިގެން-
ލައިފްސްޓައިލް
06 Aug 2026 | 08:16
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް

މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.

އިނގިރޭސި ސައިކޯތެރަޕިސްޓް ނައޯމީ ސްޓޭޑްލެން ސިފަކުރައްވާފައިވާ ގޮތުގައި، މައިވަންތަކަމަކީ މެދުކެނޑުމެއްނެތް، ބޮޑު މަސްއޫލިއްޔަތެކެވެ. މުޅި ދުނިޔެއަކީ އެ މީހެއް ކަމަށް ދެކޭ ކުޑަކުޑަ ފުރާނައެއްގެ ހުރިހާ ބޭނުންތަކެއް ފުއްދައިދިނުމަށް މަންމައަކު އަތުކުރި އޮޅާލައެވެ.

ސިކުނޑީގެ މަސައްކަތަށް އަންނަ ބަދަލު

ކުރި ދިރާސާތަކުން ދައްކާގޮތުގައި، ހުރިހާ ޖަނަވާރުންގެ ސިކުނޑިވެސް، ދަރިން ބެލުމަށްޓަކައި އަމިއްލައަށް ބަދަލުވެ ރީވަޔާވެއެވެ. މިއީ ދަރިފުޅުގެ ބޭނުންތައް އެހެން ހުރިހާ ކަމަކަށްވުރެ އިސްކުރުމަށް ސިކުނޑި ތައްޔާރުވާ ގޮތެވެ.

މީދަލުގެ ސިކުނޑި ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި، މަންމައަކު އޭނާގެ ދަރިފުޅާ މުޢާމަލާތްކުރަން ބޭނުންވާ ބޭނުންވުން ކޮންޓްރޯލްކުރާ ޚާއްޞަ ސަރަޙައްދެއް ސިކުނޑީގައިވެއެވެ.

ސިކުނޑީގެ 'މީޑިއަލް ޕްރީއޮޕްޓިކް އޭރިއާ' އަކީ މައިވަންތަކަމުގެ އުޅުމަށް ބާރުފޯރުވާ މައިގަނޑު މަރުކަޒެވެ. މި ސަރަޙައްދުގައި ހުންނަ ނިއުރޯންތަކަކީ މާބަނޑު ދުވަސްވަރު އުފެދޭ 'ޕްލެސެންޓަލް ލެކްޓޯޖަން' ހޯރމޯންއާއި، ކިރު އުފެއްދުމަށް އެހީވާ 'ޕްރޮލެކްޓިން' ހޯރމޯންއަށް ވަރަށް ބޮޑަށް އިޖާބަދޭ އެއްޗެކެވެ. މި ހޯރމޯންތަކުގެ ސަބަބުން ދަރިފުޅަށް އަޅާލުމަކީ ހަމައެކަނި ކުރަންޖެހޭ މަޖުބޫރު ކަމެއްގެ ބަދަލުގައި، އުފާވެރިކަން ލިބޭ ކަމަކަށް ބަދަލުވެގެންދެއެވެ.

ދިރާސާގެ ހޯދުންތައް

ދިރާސާގައި ބޭނުންކުރި މީދާތަކުގެ ސިކުނޑި ބެލިއިރު، ތުއްތު މީދާތަކާ މުޢާމަލާތްކުރާ ވަގުތު މި ނިއުރޯންތައް ވަރަށް ބޮޑަށް ހަރަކާތްތެރިވާކަން ފާހަގަކުރެވުނެވެ. މި ހަރަކާތްތެރިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ އަލަށް ވިހާފައިވާ މަންމަ-މީދާތަކުގެ ކިބައިންނެވެ. މި ނިއުރޯންތައް ގުޅިފައިވަނީ ސިކުނޑީގެ 'ރިވޯޑް ސިސްޓަމް' ނުވަތަ އުފާވެރިކަން އިޙްސާސްކޮށްދޭ ނިޒާމާއެވެ. މީގެ ސަބަބުން ދަރިފުޅާ އެކު އުޅޭ ވަގުތު 'ޑޯޕަމިން' ކިޔާ ކެމިކަލެއް އުފެދި، މަންމައަށް ނުހަނު ބޮޑު އުފާވެރިކަމެއް ލިބެއެވެ.

އިލްމީ ގޮތުން މި ނިޒާމު ހުއްޓުވައިލުމުން، މަންމަ-މީދާ އޭގެ ދަރިންނަށް އަޅާލުން ކުޑަވާކަން ފާހަގަކުރެވުނެވެ. އަދި މި ނިޒާމު ހަރަކާތްތެރި ކުރުވުމުން، ދުވަހަކުވެސް ވިހާފައިނުވާ މީދާތައްވެސް އާ މަންމައެއް ފަދައިން ކުދި މީދާތަކަށް އަޅާލައި، އެއާ ގާތްވާން މަސައްކަތްކުރާކަން ފާހަގަވިއެވެ.

މި ދިރާސާއަކީ ޖަނަވާރުންނަށް އަމާޒުކޮށް ހެދި ދިރާސާއެއް ނަމަވެސް އިންސާނުންގެ ސިކުނޑީގައިވެސް ހަމަ މި ނިޒާމު މަސައްކަތްކުރާކަން ވަނީ ފާހަގަވެފައެވެ. އެގޮތުން، ދަރިންނާމެދު އަޅާލަން އުނދަގޫވާ ބައެެއް މައިންނަށް އެފަދައިން ދިމާވާ އެއް ސަބަބަކީ އެކަމަށްޓަކައި އޭނާގެ ސިކުނޑި ތައްޔާރު ކުރުމަށް ސިކުނޑީގެ ނިޒާމުތައް ބަދަލުވާންޖެހޭ ގޮތަށް ބަދަލުނުވުމުން ދިމާވާ ބައޮލޮޖިކަލް ކަމެއްކަމަށް ދިރާސާތަކުން ވަނީ ހޯދިފައެވެ.

ނަމަވެސް، މާބަނޑު ދުވަސްވަރު ސިކުނޑިއަށް އަންނަ މިފަދަ ބޮޑެތި ބަދަލުތަކާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާތައް ވަރަށް މަދެވެ.

މާބަނޑު ދުވަސްވަރާ ނަފްސާނީ ދުޅަހެޔޮކަން

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާބަނޑު މީހުންގެ 10 އިންސައްތަ އަދި ވިހާފައިވާ މީހުންގެ 13 އިންސައްތަ މީހުން ނަފްސާނީ ބަލިތަކަށް، ޚާއްޞަކޮށް ޑިޕްރެޝަނަށް ހުށަހެޅެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މި ޢަދަދު މިއަށްވުރެވެސް މަތީގައި އުޅޭއިރު، މިކަމަށް ދެވޭ ފަރުވާތައް ވަނީ ވަރަށް މަދުވެފައެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ މާބަނޑު ދުވަސްވަރު ސިކުނޑި ބަދަލުވާ ގޮތް ދެނެގަނެ، ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކަށް ރަނގަޅު ފަރުވާ ހޯދުމެވެ. އަދި ދަރިފުޅާ ގުޅުން އުފެއްދުމަށް ދަތިވާ މައިންނަށް މުޖުތަމަޢުން ކުރިމަތިވާ މަލާމާތާއި ދެރަބަސްތައް ހުއްޓުވައި އެކަން ހައްލު ކުރުމަށް މަސައްކަތްކުރުމެވެ. އަދި އެފަދަ ކަންކަމަކީ މީހާގެ ނުކުޅެދުންތެރިކަމެއް ނޫން ކަމާއި، އެއީ ސިކުނޑީގެ ނިޒާމުތައް ބަދަލުވާންޖެހޭ ގޮތަށް ބަދަލުނުވުމުން ދިމާވާ ބައޮލޮޖިކަލް ކަމެއްކަން ދެނެގަތުމެވެ.

މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު އަންނަ މި ނާޒުކު ދުވަސްވަރު، މައިންނަށް ފުރިހަމަ އަޅާލުމާއި، އެހީތެރިކަމާއި، އެކަށީގެންވާ ފަރުވާ ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.