މާލެސިޓީ ކައުންސިލްގެ މޭޔަރު.. ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
13 Aug 2026 | 20:03
މާލެސިޓީ ކައުންސިލުން ކުނި ފީގެ ގޮތުގައި 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ

މާލެ ސިޓީ ކައުންސިލުން ހިދުމަތް ހޯދާފައި ވެމްކޯއަށް ދޭންޖެހޭ ފައިސާގެ އަދަދު 116.4 މިލިއަން ރުފިޔާއަށް އަރާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިތެޑް، ވެމްކޯއިން ހާމަކޮށްފިއެވެ.

ވެމްކޯއިން މާލެސިޓީ ކައުންސިލަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތާ ގުޅޭގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އަށް މައްސަލަ ހުށަހެޅޫމަށް ކައުންސިލުން މަޝްވަރާކުރަމުންދާކަމަށް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ވެމްކޯއިން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. ވެމްކޯގެ ބަޔާނުގައި ބުނީ މާލެސިޓީ ކައުންސިލްގެ އިދާރާތައް ވެމްކޯގައި ރަޖިސްޓްރީކޮށް ކަނދައެޅިފައިވާ އުސޫލްތަކުގެ ތެރެއިން ހިދުމަތް ހޯދުމަށް އަބަދުވެސް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް  މާލެސިޓީ ކައުންސިލުން ވެމްކޯއަށް ހިދުމަތް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާގެ ތެރެއިން 116.4 މިލިއަން ރުފިޔާ މިހާތަނަށް ނުދައްކާ އޮތްކަމަށް ވެމްކޯއިން ވަނީ ފާަހަގަކޮށްފައެވެ.

ވެމްކޯއިން ބުނީ ކަނޑައެޅިފައިވާ އުސޫލުން ފީ ނުދެއްކުމުން އާންމު އުސޫލުން ކަސްޓަމަރުން ރަޖިސްޓްރީ ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާކަމަށެވެ. ވެމްކޯއިން ބުނީ އެކުންފުންޏަށް މާލީ ގޮތުން ހީނަރުކަން އައުމަށް ދިމާވާ އެންމެބޮޑު ސަބަބަކީ ބޮޑެތި ކަސްޓަމަރުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ލަސްވުންކަމަށެވެ. އެގޮތުން ވެމްކޯގެ މުއައްޒަފުންގެ ޕެންޝަން ފައިސާ ނުދެއްކި ލަސްވަމުންދަނީވެސް އެގޮތަށް ފައިސާ ނުލިބި ލަސްވަމުންދާތީކަމަށް ވެމްކޯގެ ބަޔާނުގައި ބުންޏެވެ.

ވެމްކޯއިން ބުނީ ކަސްޓަމަރުން  ހިދުމަތް ހޯދާފައި ފައިސާ ނުދައްކާތާ ދެމަސްވެއްޖެނަމަ އަމަލުކުރާ އުސޫލްގެ ދަށުން ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލުމުގެ އިހުތިޔާރު ލިބިގެންވާކަމަށެވެ. 

މާލެސިޓީ ކައުންސިލުން ހިދުމަތް ހޯދުމަށްފަހު ނުދައްކާ ހުރި ފައިސާ ހޯދުމަށް މެދުކެނޑި ކުރިއަށްދިއުމަށްޓަކައި މިދިޔަ ދެއަހަރުމަތިން އެކި ފަހަރު މަސައްކަތްކޮށްފައިވާކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ. ފައިސާ ދެއްކުމަށް ތާވަލެއް ހެދުމުންވެސް އެއަށްވެސް މާލެސިޓީ ކައުންސިލުން އަމަލުކުރަމުން ގޮސްފައި ނުވާކަން ވެމްކޯއިން ވަނީ ފާަހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ