-
ދުނިޔެ
17 Aug 2026 | 08:50
ޣައްޒާގެ ހަގީގަތް އޮޅުވާލަން އިސްރާއީލުން އޭއައި މެދުވެރިކޮށް ބޮޑު ސިއްރު ކެމްޕޭނެއް

ޣައްޒާގެ ޤަތުލްޢާއްމާއި އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅޭގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކުން މީހުންނަށް ދޭ މައުލޫމާތުތައް އެ ޖަމާއަތަށް ފަހިވާނޭހެން ބަދަލުކުރުމަށް އިސްރާއީލުން ސިއްރު ކެމްޕޭނެއް ފަށައިފިއެވެ.

ނޫސް މަޖައްލާ 'ޕޮލިޓިކޯ' އިން ހާމަކޮށްފައިވާ ގޮތުގައި، ޗެޓްޖީޕީޓީ އަދި ޕާޕްލެކްސިޓީ ފަދަ ލާޖް-ލެންގުއޭޖް މޮޑެލްތަކުން ޣައްޒާއާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގައި ބޭނުންކުރާ މަސްދަރުތަކަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް އިސްރާއީލުން ވަނީ ފަށާފައެވެ. މިއީ ދުނިޔޭގެ ރައުޔު ބަދަލުކުރުމަށް ސަރުކާރުތަކުން ކުރަމުންދާ މަސައްކަތުގައި ޓެކްނޮލޮޖީގެ އައު ހަނގުރާމައެއްގެ ގޮތުގައި ބެލެވެއެވެ.

މި ކެމްޕޭނުގެ މައިގަނޑު ހަރަކާތްތައް ހިންގަނީ 'ހެނޯވާ އިންސްޓިޓިއުޓް ފޯ ޕަބްލިކް ޕޮލިސީ' ކިޔާ ވެބްސައިޓެއް މެދުވެރިކޮށެވެ. މި ސައިޓުގައި ޣައްޒާގެ ހާލަތާއި، އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތަކާ ގުޅޭގޮތުން ސުވާލާއި ޖަވާބުގެ ސިފައިގައި ގިނަ ލިޔުންތަކެއް ވަނީ ޝާއިއުކޮށްފައެވެ. އޭގެ ތެރޭގައި ޣައްޒާގައި އިސްރާއީލުން ބަނޑަށްޖެއްސުމުގެ ސިޔާސަތެއް ގެންގުޅޭތޯ އަދި އެ ޖަމާއަތުގެ އަސްކަރިއްޔާއަކީ އަޚުލާގީ ގޮތުން އެންމެ ރަނގަޅު ލަޝްކަރުތޯ ފަދަ ސުވާލުތައް ހިމެނެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ފޮރިން އޭޖެންޓްސް ރެޖިސްޓްރޭޝަން އެކްޓް (ފާރާ) ގެ ލިޔުންތަކުން ދައްކާ ގޮތުގައި، ފްރާންސްގެ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ކަމަށްވާ ހަވާސް މީޑިއާ އާއި ޕީރޯ އިންކް ގުޅިގެން ހިންގާ މި ކެމްޕޭނަކީ އިސްރާއީލުގެ ސަރުކާރުގެ އެޑްވަޓައިޒިން އޭޖެންސީ (ލަޕާމް) އިން ޚަރަދުކޮށްގެން ހިންގާ 100،000 ޑޮލަރުގެ މަޝްރޫއެކެވެ. މީގެ އިތުރުން 46.5 މިލިއަން ޑޮލަރުގެ ބޮޑު ކެމްޕޭނެއްގެ ދަށުން އޭއައި ސިސްޓަމްތަކުގައި އިސްރާއީލަށް ފަހިވާނޭހެން "ޖީޕީޓީ ފްރޭމިންގ ރިޒަލްޓްސް" ނެރުމަށް މަސައްކަތްކޮށްފައިވާ ކަންވެސް އެ ލިޔުންތަކުން ހާމަވެއެވެ.

މި ވެބްސައިޓުގައި ލިޔުންތައް އެކުލަވާލާފައިވަނީ އާންމު އިންސާނުންނަށް ވުރެ ބޮޑަށް، އޭއައި އަލްގޮރިޒަމްތަކަށް ފަސޭހައިން ދެނެގަނެވޭ އަދި އޭއައި އިން ސޯސްގެ ގޮތުގައި ބޭނުންކުރެވޭނެ 'ޖެނެރޭޓިވް އިންޖީން އޮޕްޓިމައިޒޭޝަން' އުކުޅުތައް ބޭނުންކޮށްގެންނެވެ. ޕޮލިޓިކޯއިން ކުރި ޓެސްޓުތަކުން ދައްކާ ގޮތުގައި، ޗެޓްޖީޕީޓީ އަދި ޕާޕްލެކްސިޓީން ޣައްޒާއާ ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމުގައި ހެނޯވާ އިންސްޓިޓިއުޓްގެ ލިޔުންތައް މަސްދަރުގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ޕީރޯ ކުންފުނީގެ ކޯ-ފައުންޑަރ ޑެނިއަލް ރޮސެންބާގް ބުނެފައިވަނީ މިއީ އިސްރާއީލާ ދެކޮޅަށް ފަތުރާ ދޮގު މައުލޫމާތުތަކަށް ރައްދު ދިނުމަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތެއް ކަމަށެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އެ ޖަމާއަތަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި، މިއީ ހަގީގަތް އޮޅުވާލުމަށް ޒަމާނީ ޓެކްނޮލޮޖީގެ ނަހަމަ ބޭނުން ހިފުމުގެ ނުރައްކާތެރި އަމަލެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ. އަދި އޭއައި ބޭނުންކުރާ ފަރާތްތަކަށް ލިބޭ ޖަވާބުތަކަކީ މިނިވަން މައުލޫމާތު ނޫންކަމާއި، ސިޔާސީ ނުފޫޒު ފޯރުވާފައިވާ މައުލޫމާތުކަން ދެނެގަންނަން އުނދަގޫވާނެތީ މިއީ ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.