ލަމްބޯގިނީ އެކްސިޑެންޓް ވެފައި... ފޮޓޯ: ވޮއިސް
ހަބަރު
22 Aug 2026 | 16:19
ލަމްބޯގިނީ އެކްސިޑެންޓް؛ ޑްރައިވަރު ރިފާއުގެ ލައިސަންސް ހިފަހައްޓައި މައްސަލަ ބަލަނީ

އިއްޔެ ހެނދުނު ހައިވޭ ހުޅުމާލެއަށް އަރަން އޮންނަ މަގުގައި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވި ހޯކްސް ކުންފުނީގެ ސީއީއޯ ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓައި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ރިފާއު ދުއްވި ލަމްބޯގިނީ ކާރު އެކްސިޑެންވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، 8.42 ހާއިރުކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭ ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑީގައި ޖެހިގެންނެވެ. 

ފުލުހުން ބުނީ އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބީ ރިފާއުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. އެކްސިޑެންޓާ ގުޅިގެން އެ ދެ މީހުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓާ ގުޅިގެން ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. 

އެކްސިޑެންޓް ހިނގިއިރު އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ބުނެފައިވަނީ ކާރު ދުއްވާފައި ދިިޔައީ ވަރަށް ބާރަށް ކަމަށެވެ. މި ހާދިސާގައި ސޯލާ ޕެނަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ސޯލާ ޕެނަލްތަކަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި ނުބުނެއެވެ.

ހުޅޫމާލޭ ހައިވޭގައި ދުއްވަން ކަނޑައަޅާފައި އޮންނަ މިންގަނޑަށްވުރެ ބާރަށް ދުއްވުމުގެ މައްސަލައަކީ އާއްމުން ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ. އަދި ބާރަށް ދުއްވާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އެދެވޭ ގޮތެއްގައި ފިޔަވަޅުތައް އަޅައި ތަންފީޒުކުރަމުން ނުދާކަމީ މިއަދު ރައްޔިތުންގެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ