މެލްބަން ޔުނިވާސިޓީގެ ދަރިވަރުން އެމްއެންޔޫއަށް- ފޮޓޯ/ އެމްއެންޔޫ
ހަބަރު
26 Aug 2026 | 10:16
ޕްރޮފެޝަނަލް ޕްލޭސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމަށް މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންތަކެއް އެމްއެންޔޫއަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު އޮތް އެކަޑަމިކް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ޚާއްޞަ ޕްރޮފެޝަނަލް ޕްލޭސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމަށް މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރަކު ރާއްޖެ އަތުވެއްޖެއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ 2026 އޮގަސްޓް 24 އިން ސެޕްޓެމްބަރ 11 ގެ ނިޔަލަށެވެ.

އެމްއެންޔޫއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޕްލޭސްމަންޓް ޕްރޮގްރާމަކީ މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންނަށް ރާއްޖޭގެ ތަޢުލީމީ މާޙައުލުގެ ތެރެއިން ޢަމަލީ ތަޖުރިބާ ހޯދުމަށާއި، ކިޔަވާފައިވާ ތިއަރީތައް ޢަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެއިތުރުން، އެމްއެންޔޫގެ ދަރިވަރުންނާއި މުދައްރިސުން އަދި މުޖުތަމަޢުގެ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް، އެ ދަރިވަރުންގެ ފަންނީ ހުނަރުތައް އިތުރަށް ތަރައްޤީކުރުމުގެ ފުރުޞަތު މިކަމުގެ ސަބަބުން ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުން ރާއްޖޭގެ ތަޢުލީމީ ނިޒާމާއި އިޖުތިމާޢީ ޙާލަތްތައް ދަސްކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ތަޢުލީމީ ދާއިރާގައި ހުރި ފުރުޞަތުތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ހޯދާނެއެވެ. އަދި ދެ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި އެކަކު އަނެކެއްގެ ކިބައިން އުނގެނުމާއި، ސަގާފީ ބަދަލުވުންތަކާއި، މަޢުލޫމާތާއި ޢިލްމު ޙިއްޞާކުރުމުގެ އިތުރުން ފަންނީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި އިސްނެގުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢުލީމީ ގުޅުން ބަދަހިކުރުމާއި ތަޖުރިބާގެ އަލީގައި އުނގެނުމުގެ ތެރެއިން އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް (އެސްޑީޖީތަކަށް) އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމާއި (އެސްޑީޖީ 4)، ތަފާތު ސަގާފަތްތައް ދެނެގަނެ ހަމަހަމަކަން ޤާއިމުކުރުމާއި (އެސްޑީޖީ 10)، ޖަޒީރާވަންތަ ދެމެހެއްޓެނިވި މުޖުތަމަޢުތައް ބިނާކުރުމުގެ ވިސްނުން ފުޅާކުރުމާއި (އެސްޑީޖީ 11)، އަދި ބައިނަލްއަޤްވާމީ ތަޢުލީމީ ގުޅުންތައް ވަރުގަދަކުރުމަށް (އެސްޑީޖީ 17) މި ޕްރޮގްރާމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ދަރިވަރުންނާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުން އަދި މުޖުތަމަޢުގެ މެދުގައި އޮންނަ މިފަދަ ގުޅުންތަކުގެ ސަބަބުން، ދުނިޔޭގެ ރައްޔިތެއްގެ ގޮތުގައި ވިސްނުން ބައްޓަންކުރުމަށާއި ސަގާފީ އެއްބައިވަންތަކަމަށް ބާރުއެޅިގެންދާނެ ކަމަށް އެމްއެންޔޫއިން ފާހަގަކުރެއެވެ. އަދި މި ޕްރޮގްރާމަކީ އެމްއެންޔޫ އާއި މެލްބަން ޔުނިވަރސިޓީއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް، ކުރިމަގުގައި ދިގުމުއްދަތުގެ ގިނަ ފުރުޞަތުތަކަކަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ
15 Sep 2026
އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް މޮޅުވެއްޖެ ކުޅުނު މެޗްތަކުން މޮޅުވެއްޖެ
މި މުބާރާތުގައި މިރޭ އެންޖީ ސްޓާޓިން ނިކުންނާނީ އީއެން ހޭންޑް ބޯލްއާ ދެކޮޅަށެވެ. މިމެޗް ފަށާނީ20:30 ގައެވެ. މިރޭ ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ ނައިން އެކްސް އާއި އެމްޖީ ސްޕޯޓްސް ކްލަބެވެ.
15 Sep 2026
އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
ޖުލައި މަސް ނިމުނުއިރު 638 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް އޮގަސްޓް ނިމުނުއިރު ވަނީ %0.9 އިތުރުވެފައިވެއެވެ