ކ. ކާށިދޫގައި މިހާރު ފޯރިއާއެކު ކުރިއަށްދާ "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗު، ނައިން އެކްސްއާ ވާދަކޮށް އެމްޖީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ ހަވަނަ މެޗުގެ ގޮތުގައި މިއަދު ކުޅެވުނު މި ފޯރިގަދަ މެޗު އެމްޖީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 6-10 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފެށުނީއްސުރެ ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މޮޅު ޕާސިންގްތަކަކާއި ވަރުގަދަ އެޓޭކުތަކަކާއެކު އެމްޖީ ސްޕޯޓްސް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފައެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗު" ގެ މަގާމު ހޯދީ އެމްޖީ ސްޕޯޓްސް ކްލަބްގެ ހައްވާ ސަޖަޔާ އެވެ.
"ކުއީން އޮފް ދަ މެޗުގެ މަގާމް ހޯދި ކުޅުންތެރިޔާ
މުޅި މެޗުގައިވެސް އޭނާގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ކާށިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ ރޫހު ދިރުވައި، ހޭންޑްބޯޅައިގެ ހުނަރު އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists