ތިމާވެއްޓާއި މެދު ކުދިންގެ ހިތްތަކުގައި ލޯބި އާލާކުރުމަށް "މަވެށި" ނުުކުންނަނީ!

04 Aug 2019 | 23:57

ރާއްޖޭގެ ވަށައިގެންވާ ނާޒުކު ތިމާވެއްޓާއި މެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބި އާލާކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުވުމަށް "މަވެށި" ނަމުގައި ދިވެހި ވާހަަކަ ސީރީޒެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

މި ވާހަކަ ސީރީޒް ނެރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ވާހަކަ ވެބްސައިޓެއްކަމުގައިވާ ވާހަކަ.ކޮމްގެ ދަށުން ހިންގާ ވާހަކަ ޕަބްލިޝާޒްއިންނެވެ. މީގެ ކުރިންވެސް މިފަރާތުން ވަނީ މަޝްހޫރު ލިޔުންތެރިޔާ އަހުމަދު އިޤުބާލް، އައިިކިޔުގެ ބަސްނާފުށި ވާހަކަވެސް ނެރެދީފައެވެ.

މަވެށި ވާހަކަ ސީރީޒް ލިޔެފައިވަނީ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީއެވެ. ޝަހުދީއަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެ ވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ވާހަކަ ޕަބްލިޝާޒްެގެ ފަރާތުން ވޮއިސްއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މި ސީރީޒްގައި ފަސް ވާހަކަ ހިމެނޭނެކަމަށެވެ. އެއީ އެކުވެރި ތިން މިޔަރު، ކޮކާލުގެ ހުވަފެން، ބުއްދިވެރި ފިނިދަނަ، ނަސީބުދެރަ ކޮވެލި އަދި ކިބުރުވެރި ބުޅާއެވެ.

މި ވާހަކަ ލިޔުއްވި ޝަހުދީ ވިދާޅުވީ ޅަދަރިންގެ ޅައުމުރުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި މިފަދަ ވާހަކައަކުންވެސް އެކުދިންގެ މައުލޫމާތުގެ ހަޒާނާއަށް ދުޅަހެޔޮކަން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

" އެކުދިންގެ ވެށީގެ ވަށަައިގެންވާ ކަންކަމާއި، ތަކެއްޗަށް ވިސްނުން ހިންގާލުމަށް މި ވާހަކައި ބާރު ލިބޭނެއެވެ"، ޝަހުދީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް