17 Aug 2019 | 17:21
ބަހަނާއަކަށް ފަސް އަހަރު ދުވަހުގެ ވާހަކަ ދެއްކުން ހުއްޓާލަން ނުވޭތޯ؟

ރިޔާސީ އިންތިހާބެއްގައި ރައްޔިތުން ކޮންމެވެސް އެއް ކެންޑިޑޭޓަކާ ގައުމުގެ ވެރިކަނން ހަވާލު ކުރަން ނިންމަނީ އުއްމީދުތަކަކާއި އެކީގައިކަން ޔަގީނެވެ. ވެރިކަމެއް ނިމިގެންދާއިރު، އާ ވެރިއަކަށް ފުރުސަތު ދެނީ ފޮނި ހުވަފެންތަކެއް ދެކި، އެ ހުވަފެންތަކުގައި އަލަށް ހޮވާ މީހާ ކުލަ ޖައްސައިދޭނެ ކަމުގެ އުއްމީދުގައެވެ.

އެއްވެސް ހާލެއްގައި އެ މީހަކު ވީ ވައުދުތައް ހަނދާން ނައްތާލާނެ ކަމަށް ދެކިގެން އެއްވެސް މީހަކު އިންތިހާބެއްގައި ވާދަ ކުރާ ކެންޑިޑޭޓަކަށް ވޯޓެއް ނުދޭނެކަން ޔަގީނެވެ. އަޅުގަނޑު ދައްކަން މިއުޅެނީ ދިވެހި ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ކުލަ ނުޖެހޭ ވާހަކައެއްވެސް ނޫނެވެ. މިއަދު ފެންނަމުންދާ މަންޒަރު އަދި މުޅިން ތަފާތެވެ.

ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއަށް ކަންކަން ނުކުރެއްވުމުން، އެންމެ ފަހުން ވެރިކަން ކުރެއްވި ބޭފުޅާއަށް އެކަންކަމުގެ ޒިންމާ ނަންގަވަންޖެހޭ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ. ކަމެއް ނުކުރެވޭއިރަށް، އެއީ ނިމިގެން ދިޔަ ސަރުކާރުގައި ކުރި ކަމެއްގެ ސަބަބުން ނުވެފައި އޮތް ކަމަކަށް އެކަން އެބަ ހަދައެވެ. ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން ކުރިއަށް ނުގެންދާތީ، އެ ވުޒާރާގެ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރައްވާ، ސުވާލު ކުރުމުންވެސް ދެއްވީ އެފަދަ ޖަވާބެކެވެ.

މިދިޔަ ފަސް އަހަރުގައި ސިއްހީ ދާއިރާ ދަށަށް ދިޔަ ވާހަކަ ފާހަގަކުރެއްވިއެވެ. ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާވެސް ހަމަ އެފަދައެވެ. މި ސަރުކާރުގައި ކަމެއް ނުކުރެވެނީ މިދިޔަ ސަރުކާރުން ހޭވި ހަޑި ފިލުވަން މަސައްކަތް ކުރައްވާތީ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މުޅިންވެސް މި ފެންނަނީ ކަމެއް ނުވުމުން، ނިމިގެން ދިޔަ ފަސް އަހަރާ އެކަން މަތިކޮށް، ޒިންމާއިން ރެކެން މަސައްކަތް ކުރާ މަންޒަރު ނޫންތޯއެވެ؟

ރައްޔިތުން އާ ސަރުކާރަކަށް ފުރުސަތު ދިނީ، ކުރީގެ ސަރުކާރަށް ވެރިކަން އެންމެ ރަނގަޅަށް ނުކުރެވުމުންނެވެ. އެހެންކަމުން، އެ ސަރުކާރުގެ ވާހަކަ ދައްކައި، ނިމިގެން އެ ދިޔަ ފަސް އަހަރަކުން ނެއްޓެން ނޭނގިގެން އުޅެންޖެހޭ ސަބަބެއް ނެތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.