22 Aug 2019 | 13:00
ބައިވެރިޔާއަށް ދެވަނަ ފުރުސަތެއް ދޭންވީތަ؟

ލޯބިވެރިންގެ މެދުގައި ތަފާތު މައްސަލަތައް ޖެހި، ދެމީހުން ވަކިވާ ހިސާބަށް ދަނީ އެއަށްވުރެ ރަނގަޅު ގޮތެއް ނެތް ކަމަށް ފެނުމުންނެވެ.

ދެ ލޯބިވެރިޔެއްގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހިއެއް ނުހުންނާނެއެވެ. އެހެންނަމަވެސް ބައެއް މައްސަލަތަކަކީ ހައްލު ނުކުރެވޭ މައްސަލަތަކެވެ. އަދި ބައެއް މައްސަލަތައް ހައްލު ކުރުމަށްޓަކައި އެކަކު އަނެކަކަށް މާފު ކުރުމުގެ ރީތި އުސޫލުވެސް ގެންގުޅެން ޖެހެއެވެ.

މި ލިޔުމުގައި މި ބަލާލަނީ ލޯބިވެރިޔާއަށް ދެވަނަ ފުރުސަތު ދެވިދާނެ ބައެއް ހާލަތްތަކެވެ.

ލޯބިވެރިޔާއަށް ކުރެވުނީ ކުޑަ ކުށަކަށްވުން:

ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ރިލޭޝަންޝިޕެއްގައި ކުށެއް ކުރެވިއްޖެނަމަ، އެކުށެއްގެ ސަބަބުން ދެމީހުންގެ ގުޅުމަށް އަސަރު ކުރާނެއެވެ. އެހެންނަމަވެސް ކޮންމެ މިސްޓޭކަކީ އެކކަމުގެ ސަބަބުން ދެމީހުންގެ ގުޅުން ނިމުމަކަށް ގެންނަން ޖެހޭ ވަރުގެ މިސްޓޭކެއް ނޫނެވެ. ބައިވެރިޔާއަށް ކުށެއް ކުރެވުމުން، މާފު ނުކޮށް ވަކި ވުމުގެ ކުރިން ވިސްނާލަންޖެހޭ މުހިންމު އެއް ކަމަކީ، މިއީ އެކަހަލަ ކަމެއް ދިމާވި ފުރަތަމަ ފަހަރުތޯއެވެ. ބައިވެރިޔާގެ ފަރާތުން ފެނުނު ކުށް ކުޑަ ކަމަށްވާނަމަ، އަދި އެކަން ތަކުރާރު ނުވާނެކަން ޔަގީންވާނަމަ، އޭނާއަށް މާފު ކުރާށެވެ.

ލޯބިވެރިޔާ އޭނާގެ ކުށް ގަބޫލު ކުރުން:

ކުށެއް ކުރެވުމުން، އެކުށް ގަބޫލު ކުރުމަކީ ގިނަ މީހުންގެ ކިބައިގައި ހުންނަ ސިފައއެއް ނޫނެވެ. ތިބާގެ ބައިވެރިޔާ އޭނާގެ ކުށް ގަބޫލު ކޮށްފިނަމަ އެއީ ހެޔޮ ފާލެކެވެ. އޭނާ ތިބާއާ އެކީގައި އުޅެން ބޭނުންވާ ކަމުގެ ހެއްކެކެވެ. އެހެންކަމުން ބައިވެރިޔާ އަކީ ކުށް ތަކުރާރު ނުކުރާ މީހެއް ނަމަ، ދެވަނަ ފުރުސަތެއް ދިނުން ރަނގަޅެވެ.

އިތުބާރާ ވަފާތެރިކަމާ ގަދަރު ނުގެއްލޭ ފަދަ ކަމެއް ކުރެވުން:

ލޯބިވެރިންގެ މެދުގައި އިތުބާރާއި، ވަފާތެރިކަމާއި، ގަދަރު ގެއްލިއްޖެނަމަ، ދެން އެގުޅުމެއް ކުރިއަށް ގެންދިޔުމުގެ އެއްވެސް މާނައެއް ނެތެވެ. ތިބާގެ ބައިވެރިޔާ ކުރި ކުށަކީ އެތިން ކަމަށް އަސަރު ނުކުރާ ކުށަކަށްވާނަމަ، ދެވަނަ ފުރުސަތެއް އޭނާއަށް ހައްގެވެ.

ބައިވެރިޔާއަކީ ބުނާ ބަހުގެ އިތުބާރު ހުރި މީހަކަށްވުން:

ކަމެއް ވާއިރަށް ބައިވެރިޔާ ދޫކޮށްލާފައި ދިޔުމުގެ ކުރިން އިހަށް މަޑު ކޮށްލާށެވެ. ތިބާގެ ބައިވެރިޔާ އަކީ ބުނާ ބަހުގެ އިތުބާރު ހިފޭ މީހެއް ނަމަ، އޭނާ ބަދަލުވާނެއެވެ. އެހެންކަމުން އެކަމަށް ވަގުތު ދޭށެވެ.

ދެމީހުންވެސް ގުޅިގެން އުޅެން ބޭނުންވުން:

ކޮންމެ މީހަކުވެސް ހަޔާތުގެ ބައވެރިޔާއާ އެކީގައި ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންވާނަމަ، އެމީހަކަށް ދެވަނަ ފުރުސަތެއް ދޭން ޖެހެއެވެ. އަދި ތިބާގެ ބައިވެރިޔާއާއެކީގައި އުޅެން ތިބާ ބޭނުންވާނަމަ، ކޮންމެހެންވެސް އެ ފުރުސަތު ދޭން ޖެހެއެވެ. ދެމީހުންވެސް އެކުގައި އުޅެން ބޭނުން ވާނަމަ، ބައިވެރިޔާއަށް މާފު ކުރާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.