21 Oct 2018 | 18:28
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދިނީ އަދުލު އިންސާފު ދިރިދެމިއޮތްކަން: ގާސިމް

ފިސާރި ސާބިތުކަމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ސާބިތުކޮށްދިނީ އަދުލު އިންސާފު ދިރިދެމިއޮތްކަން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޓުވިޓާ މެދުވެރިކޮށް ގާސިމް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެއްޅުއްވި ދުސްތޫރީ މައްސަލައިގަ އިންތިހާބު ބާތިލްކޮށް އަލުން އައު އިންތިހާބެއް ބާއްވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާއި ގުޅިގެންނެވެ.

އަނިޔާވެރިކަން އަދި މަކަރާއި ހީލަތަކީ އެއީ ހައްގު އެއްޗެއް ނޫންކަމާއި ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބި ބަޔަކަށް ކަންކަމުގައިވެސް ގާސިމުގެ ޓުވީޓުގައި ލިޔުއްވާފައިވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން ބުނިގޮތުގައި މި ހަމަލާތައް ދިނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
12 Jul 2026
ޤަތަރު ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ޙަމަދު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އެމަނިކުފާނަކީ ޤަޠަރުގެ ކުރިއެރުމަށާއި ތަރައްޤީއަށް ދުރުވިސްނޭ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
12 Jul 2026
ފާއިތުވި 30 މަސްދުވަހު ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އާ ހަމައަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 އިތުރު އަދަދެކެވެ.
12 Jul 2026
ާޤަވައިދާ ޚިލާފަށް ތިލަފުށީގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި
މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.
12 Jul 2026
އެކްސިޑެންޓުވި ކާރަކުން ޑްރަގު ފެނުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި
މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަލައި ފާސްކުރި ކާރަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި 27 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.
12 Jul 2026
ވޯލްޑް ކަޕްގައި ކުޅުނު ސައުތު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ
އޭނާ މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، އާއިލާއަށް މި އުނދަގޫ ވަގުތުގައި އިހުތިރާމް ކުރުމަށާއި ކަމާބެހޭ ފަރާތްތަކުން ރަސްމީ މައުލޫމާތު ހާމަކުރަންދެން ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.