N/A
N/A
ހަބަރު 24 Aug 2019 | 15:11

ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ޗެލްސީ ކަށަވަރުކޮށްފި

މިސީޒަނުގެ ލީގުގައި ހޯދި ފުރަތަމަ މޮޅާއެކު ޗެލްސީ ތިން ޕޮއިންޓް ކަށަވަރު ކޮށްފިއެވެ.

ނޯވިޗްއާ ދެކޮޅަށް ކުޅުނު ޗެލްސީ މޮޅުވީ 3-2 ގެ ހަނި ނަތީޖާއަކުންނެވެ. ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ނޯވިޗްގެ ދަނޑުގައި ކުޅުނު މި މެޗު ރަނގަޅަށް ފަށާފައިވަނީ ޗެލްސީއެވެ. އެގޮތުން 3 ވަނަ މިނެޓުގައި ޓެމީ އެބްރަހަމް ކާމިޔާބުކުރި އަވަސް ގޯލާއެކު ޗެލްސީ ވަނީ ލީޑް ނަގާފައެވެ.

ޗެލްސީގެ ގޯލަށް ގިނައިރުތަކެއް ނުވަނީސް މި ސީޒަނުގައި ރަނގަޅު ނަތީޖަތަކެއް ނެރެމުން އަންނަ ނޯވިޗް ވަނީ 6 ވަނަ މިނެޓުގައި ޓޮޑް ކާންޓްވެެލްގެ ގޯލާއެކު ނަތީޖާ އެއްވަރު ކޮށްފައެވެ. ނޯވިޗްއުން ކާމިޔާބުކުރި މި ގޯލުގައި ޗެލްސީގެ މެދުތެރެ އަދި ޑިފެންސްގެ ފަރުވާކުޑަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ.

ޕިއުލިސިޗް ދިން ޕާހަކުން ނޯވިޗްގެ ޑިފެންޑަރުން ކައިރިން ވަރަށް ރީއްޗަށް ދެމިގަނެގެން ގޮސް ޗެލްސީއަށް އަނެއްކާވެސް މެޗު ކުރި ހޯދަދިނީ ޒުވާން އެޓޭކިންގ މިޑްފީލްޑާ މޭސަން މައުންޓްއެވެ. ޗެލްސީއިން ގޯލެއް ޖަހާ ކޮންމެ ފަހަރަކުވެސް ހިތްވަރު އެލުވާނުލާ ކުޅުނު ނޯވިޗްއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްދިނީ ގޯލް ސްކޯރިންގް ފޯމުގައި ހުރި ޕުއްކީއެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި ނިއުކާސަލްއައި ދެކޮޅަށް ހެޓްރިކެއްވެސް ހަދާފައެވެ.

ފުރަތަމަ ހާފުގެ ކުޅުން 2-2 ގައި އޮވެ ނިމުނުއިރު ޗެލްސީއިން ދެވަނަ ހާފް ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ޗެލްސީ ވަނީ ގިނަ ވަގުތު ބޯޅަ ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް ފުލުފުލުގައި ފޮނޮވާލާފައެވެ. އޭގެ ނަތީޖާއަކަށްވީ 68 އަށްވަނަ މިނެޓުގައި ފުރަތަމަ ގޯލުވެސް ޖަހައިދިން އެބްރަހަމްގެ ފަރާތުން މެޗުގައި ފެނުނު ދެވަނަ ގޯލާއެކު ނަތީޖާ ޗެލްސީ ކޮޅަށް ބުރަވުމެވެ.

ފުރިހަމަ ވަގުތުގެ ނަތީޖާ 3-2 ގައި އޮވެ ނިމުނު އިރު ނޯވިޗްއަށް މެޗުގެ ދެވަނަ ހާފުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މުޅި މެޗުގައި ޗެލްސީ ވަނީ ޖުމްލަ 23 ޝޮޓް ފޮނުވާލާފައެވެ.

މެޗާ ބެހޭގޮތުން ޗެލްސީގެ މެނޭޖަރ ލަމްޕާޑް ބުނީ މި މެޗަކީ އުނދަގޫވި މެޗެއް ކަމަށައި ނޯވިޗްއަކީ މޮޅު ޓީމެއް ކަމަށެވެ. އޭނާގެ ޓީމް މެޗުތަކުގައި ދައްކާ މޮޅު ކުޅުން ނަތީޖާތަކުން ނުފެއްނަ ކަމަށްވެސް ލަމްޕާޑް ބުންޏެވެ.

މިނަތީޖާއާއެކު ޗެލްސީ ވަނީ ވަގުތީ ގޮތުން ތާވަލުގެ 10 ވަނަ އަށް ޖެހިލާފައެވެ. ނޯވިޗް އޮތީ 13 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ