N/A
N/A
ހަބަރު 26 Aug 2019 | 10:49

ސްވިޑަން ވަރަށް ތަފާތު: ސަރުކާރުގެ ވެރިންނާ އާއްމު ރައްޔިތުން ހަމަހަމަ!

ސިޔާސީ، ނުވަތަ ސަރުކާރެއްގެ އެންމެ އިސް މަގާމުތައް އަދާ ކުރައްވާ ގިނަ ބޭފުޅުންނަކީ ވަރަށް އިއްޒަތުގައި އުޅުއްވާ ބޭފުޅުންނެެވެ. އެގޮތުން އެފަދަ ބޭފުޅުންނަށް ރަސްމީ ކާރު ކޮޅުތަކާ، މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ހޯއްދެވުމުގެ ފުރުސަތުވެސް ދައުލަތްތަކުން ފޯރުކޮށްދެމުން އާދެއެވެ.

އެހެންނަމަވެސް ބައެއް ގައުމުތަކުގައި މި ދެންނެވި ފަދަ، މާ ހާއްސަ އިނާޔަތްތަކެއް އެފަދަ ބޭފުޅުންނަށް ނޯވެއެވެ. އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ، ސްވިޑަންއެވެ. އެގައުމުގެ ޕޮލިޓީޝަނުންގެ ރަސްމީ ކާރުކޮޅާ، އޮފީހާ، ހާއްސަ ލަގަބެއްވެސް ނޯވެއެވެ.

އެބޭފުޅުން ދިރިއުޅުއްވަނީ އެންމެ އާދައިގެ ރައްޔިތުންނެކޭ އެއް ހަމައްގެ ދިރރިއުޅުމެކެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެގައުމުގެ ސިޔާސީ ބޭފުޅުން ދަތުރުފުޅު ކުރައްވަނީވެސް ޓްރެއިންގައި ކަމަަށްވުމެވެ. ޓްރެއިންގައި އާންމުކޮށް ދަތުުރު ކުރާނީ އެންމެ އާދައިގެ މީހާއެވެ.

ސްވިޑަންގެ މިނިސްޓަރުންނަށްވެސް އެފަދަ ހާއްސަ އިނާޔަތްތައް ނޯންނަ ކަމީ ގަބޫލު ކުރަން ދަތިވި ނަމަވެސް، ހަގީގަތެކެވެ. އެގޮތުން އެބޭފުޅުންނަށް މައްސަލައަކާ ގުޅިގެން ދައުވާއެއް ކޮށްފިނަމަ، ޕާލިމެންޓުން އިމިއުނިޓީއެއްވެސް ނުދެއެވެ. އެ ބޭފުޅުންގެ ޝަރީއަތްތައް ކޯޓުގައި ހިންގާނީ އާންމު ރައްޔިތުންނެކޭ އެއްފަދައިންނެވެ.

ސްވިޑަންގެ ސިޔާސީ ބޭފުޅުންގެ ފާހަގަކޮށްލެވޭ އެބޭފުޅުންގެ އަމިއްލަ ސެކްރެޓޓަރީން ނުތިބުމެވެ. އަދި އޮފީހުގެ ސައިޒުވެސް ބޮޑު ނުވުމެވެ.

ސަރުކާރުގެ އިސް ވެރިން ރަސްމީ ކާރުކޮޅެއް ބޭނުންފުޅު ނުކުރެއްވިޔަސް، އެގައުމުގެ ބޮޑުވަޒީރަށް ދައުލަތުން ކާރުކޮޅު ދީފައި އޮވެއެވެ.

ސްވިޑަންގެ އާންމު ރައްޔިތުން ބުނާ ގޮތުން، ސަރުކާރުގެ އިސް ވެރިންނަށް ހަރަދު ކުރަނީ ރައްޔިތުންގެ އަތުން ޓެކުހުން ލިބޭ އާމްދަނީ އިންނެވެ. އަދި ރައްޔިތުން، ސިޔާސީ މީހުން އަރާމުގައި ގެންގުޅެން ބޭނުން ނުވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.