27 Aug 2019 | 00:19
ޖޭޕީއަކީ އެންމެންނަށް މަރުހަބާ ކިޔާ ޕާޓީއެއް: އަޒްލީން

ޖުމްހޫރީ ޕާޓީ އަކީ އެންމެންނަށް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހހްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ޖޭޕީއަށް ސޮއިކުރައްވާ ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ޖޭޕީއަކޯ ޑިމޮކްރެޓިކް ހަޔާތުގައި ވަރަށް ހިތް ސާފު ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީއަކީ ރައްޔިތުންގެ ހެވާ ލާބަޔަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ. އޭނާ ވަނީ ގާސިމަށްވެސް ތައުރީފު ކުރައްވާފައެވެ.

"ވަގުތު އައިސް ޖެހުނީމަ ކޮންމެ ޕާޓީއަކަށްވެސް ފުރުސަތު ދޭ ޕާޓީއެއް. އެޕާޓީގެ އަމާޒަކީ ބަޔަކު ނިކަމެތިކުރުމެއް ނޫން. ވަކި މީހެއްގެ ފަހަތުގައި ތިބުން އެއީ ރަނގަޅު ގޮތް ނޫންކަން އެނގުމުން އެމީހެއްގެ ފަހަތުގައި ހުންނަން ނުޖެހޭ." އަޒްލީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އަކީ އެންމެ މަގްބޫލް ޕާޓީއަށް ހެދުމަށް މަސައްކަތް ކުރާނެކަން ފާހަގަ ކުރައްވާ އަޒްލީން ވިދާޅުވީ، އެޕާޓީއަކީ ކޮންމެ މީހަކަށްވެސް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތީ ވަރަށް އިހްލާސްތެރި ހިތަކާއެކު، އެޕާޓީގެ ލީޑަރު ގާސިމް މަރުހަބާ ދެންނެވުމުން ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.