03 Sep 2019 | 03:22
މިކިތަރިޔާން އިޓަލީގެ ރޯމާއަށް

އާސެނަލްގެ މިޑްފީލްޑާ ހެންރިކް މިކިތަރިޔާން ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭއެސް ރޯމާއަށް ބަދަލުވެއްޖެއެވެ.

އާސެނަލްއަށް 59 މެޗް ކުޅެދީ 9 ގޯލް ޖަހައިދީފައިވާ މިކިތަރިޔާން ވަނީ ޕްރިމިއާ ލީގުގައި އާސެނަލް އެންމެ ފަހުން ޓޮޓެންހަމްއައި ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފައެވެ.

ކޯޗް އެމެރީގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ނުލިބޭކަން ފާހަގަވެފައިވާ މިކިތަރިޔާން އާސެނަލްއަށް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޖެނުއަރީ 2018 ގައެވެ. އާސެނަލް އަދި ޔުނައިޓެޑައި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިކިތަރިޔާން އާސެނަލްއަށް ބަދަލުވިއިރު އެލެކްސިސް ސަންޗޭޒް ބަދަލުވީ ޔުނައިޓެޑަށެވެ.

ރޯމާއިން މިކިތަރިޔާންގެ މުސާރަ ދިނުމަށް ހަމަޖެހިފައިވާއިރު އޭނާ ދާއިމީކޮށް ގަތުމާ ބެހޭ އެއްވެސް ވާހަކައެއް އާސެނަލްއައި ދެމެދު ވެވުނު އެއްބަސްވުމުގައި ހިމެނިފައެއް ނުވެއެވެ.

މިކިތަރިޔާންގެ އިތުރުން އާސެނަލް އޮތީ ޑިފެންޑަރ މުސްތާފީ ދޫކޮށްލަންވެސް ތައްޔާރަށެވެ. ނަމަވެސް އޭނާއަށް އެކަށީގެންވާ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ