04 Sep 2019 | 22:41
ގާސިމް ނަޝީދަށް: ފުލުހުން ބަދުނާމުވާ ގޮތަށް ވާހަކަފުޅު ނުދައްކަވާ!

ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅު ދެއްކެވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އަހުމަދު ރިލްވާން މަރާލި މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގެ ހުލާސާ އިއްޔެގެ ޖަލްސާއަށް ރިއާޔަތްކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު އޮތް ފުލުހުންގެ މުއައްސަސާއިން ވެސް ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލި ކޮމިޝަނުން މަސައްކަތް ކުރައްވާފައި ވާކަމަށާއި ނަމަވެސް ކޮމިޝަނުން ހުރިހާ ކަމެއްކޮށްފައިވަނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ދީގެން ކަމަށެވެ. އެ ކަމުގެ ހަގީގަތް މަޖިލީހުގެ ރައީސް އޮޅުވާލައްވައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލި ކޮމިޝަނުން މަސައްކަތް ކުރައްވާފައި ނެތެކޭއެއް ނޫން. ނަމަވެސް ފުލުހުންގެ ފަރާތުން އެ ހުރިހާ އެއްބާރުލުމެއް ދީގެން އެ ހުރިހާ ކަމެއް ކުރެވިފައި ވަނީ. އެ ކަމުގެ ހަގީގަތް މަޖިލީހުގެ ރައީސް އޮޅުވާލައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ހަމަޖެހޭ ކަމެއް ނޫން." ގާސިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ މީގެ ކުރިން ކޮންމެ ގޮތަކަށް އަމަލު ކޮށްފައި އޮތަސް މިހާރު އޮތް ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ތެދެއް ނޫން ކަމަށެވެ. އަދި ތަހުގީގު ކުރުމުގެ ތަމްރީންތަކާއި ގާބިލުކަން ނެތް ކޮމިޝަނަކަށް ފުލުހުންގެ އެއްބާރުލުން ނެތި އެއިން ކަމެއް ކުރެވޭނެ ގޮތަކާ މެދު ގާސިމް ސުވާލު އުފެއްދެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ