އެމްޑީޕީގެ މެންބަރުންނަކީ "ގަމާރުންގެ" ގޮތުގައި މެންބަރު މުހައްމަދު ސިފަކުރައްވައިފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް ތާއިދުކުރާ ފަރާތްތަކަކީ "ގަމާރުންގެ" ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ، މޮސްޓާ ސިފަކުރައްވައިފިއެވެ.
މެންބަރު ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ތާއިދުކުރާ ގަމާރުން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެއްވެސް ކުށްފާފައެއް ނެތް މީހެއްކަމަށެވެ.
ނަމަވެސް ހަގީގަތަކީ އެމަނިކުފާނަކީ މިގައުމަށް ފާކުރެއްވި މުސްތަފާ ކަމާލް އަތާތުރްކުކަމަށް މެންބަރުގެ ޓްވީޓްގައި ވިދާޅުވިއެވެ.
މުސްތަފާ ކަމާލް އަތާތުރްކަކީ ޒަމާނީ ތުރުކީގެ ބާނީއެވެ. އަސްކަރީ ބަޣާވާތަކަށްފަހު ވެރިކަމަށް ވަޑައިގެންނެވި އަތާތުރްކު ވަނީ ތުރުކީގެ ދައުލަަތަކީ ސެކިއުލަރިސްޓް ނުވަތަ އަލްމާނީ ފިކުރިއްޔާތުގެ ދައުލަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists