ރައީސް ޔާމީން މިފަހަރު ފެނުނީ ފުޓްސަލް ދަނޑުމަތިން!

06 Sep 2019 | 23:16

ކުރީގެ ރައީސް އަބްދުﷲ ޔާމީން އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މަހިބަދޫގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅުއްވައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗް 15-12ލަނޑުގެ ނަތީޖާއާއި އެކު ކާމިޔާބުކުރެއްވީ ރައީސް ޔާމީން ކުޅުއްވި ޕްރޮގްރެސިވް ކޯލިޝަންގެ ޓީމެވެ.

އެ ޓީމުގައި ކުޅުއްވަމުން ރައީސް ޔާމީން ވަނީ ހަތް ގޯލު ޖައްސަވާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އަދި މިހާރު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުގެ އަމާޒަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޕީޕީއެމް އަދި ޕީއެންސީއަށް ތާއިދު އިތުރުކުރުންކަމަށް އިދިކޮޅު ފަރާތްތަކުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް

Advertisement